Fri, 17 January, 2020, 11:31 pm
އިންޑިއާގެ މި މީހާ، ބޯ ނުދޮންނަތާ 40 އަހަރު!

ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ބޯ ދޮންނަ މީހުން ނެވެ. އެއަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ އެއީ ގިނަ ބަޔަކަށް ކަމުދާ ގޮތެއް ނޫނެވެ. މުޑުދާރު ކަމެކެވެ.

ނަމަވެސް އުމުރުން 63 އަހަރުގެ ސަކާލް ދޭވް ތުއްޑޫގެ ކަހާތަން ހިރުވާ ވެސް ނުލާ ކަހަލަ އެވެ. އޭނާގެ ކަލާނގެ ދެއްވި ރިޒްގެއް ކަމަށް ބުނެ އިސްތަށިގަނޑު ނުދޮވެ މިހާރު 40 އަހަރު ވެއްޖެ އެވެ.

މިހާރު އޭނާގެ އިސްތަށިގަނޑުގެ ދިގު މިނުގައި ހަ ފޫޓް ހުންނައިރު، އިސްތަށިގަނޑު ވަނީ ގެތުމުން ރޯނު ގޮތަށް ހުންނަ ޑްރެޑްލޮކް އިސްތަށިގަނޑަކަށް ވެފަ އެވެ.

އިންޑިއާގެ ބިހާރް ސްޓޭޓްގެ މުންގަރް ޑިސްޓުރިކްޓުގައި އުޅޭ ސަކާލް އޭނާގެ އިސްތަށިގަނޑު ގިނަ ފަހަރު ގެންގުޅެނީ ފޮށާގަނޑެއްހެން ބޮލުގައި އޮޅާލައިގެން ނެވެ.

ނަމަވެސް ކޮންމެވެސް ވަރެއްގެ ސާފުތާހިރު ކަމެއް ގެންގުޅުމުގެ ގޮތުން ގެއިން ބޭރަށް ދާއިރު އޭނާ ދަނީ އިސްތަށިގަނޑު އެއްކޮށް އެއްސެމަށްފަހު، ފޮރުވުމުގެ ގޮތުން ބޮލުގައި ހުދު ފޮތިގަނޑެއް އަޅައިގެން ނެވެ. އެއީ ބިންމަތީގައި އިސްތަށިގަނޑު ކޭއްތޭނެތީވެ އެވެ.

އަތްބަކާއި ހަ ކުދިންނާއި ހަތް ކާފަ ކުދިން ތިބި ސަކާލް ބުނާ ގޮތުން، އޭނާގެ އިސްތަށިގަނޑު ނުކޮށާން ބުނީ އޭނާގެ ކަލާނގެ އެވެ. އެހެންކަމުން އޭނާގެ އަވަށްޓެރިން ވެސް އިހްތިރާމް އަދާކުރުމުގެ ގޮތުން ސަކާލް އަށް ކިޔައި އުޅެނީ “މަހަތްމާ ޖީ” އެވެ. އަދި އެކަމުގެ ސަބަބުން ސިނގިރޭޓު ބުއިމާއި ރާ ބުއިން އޭނާ ދޫކޮށްލި ކަމަށް ވެއެވެ.

ދަރިން ނުލިބުމުގެ މައްސަލަތައް ރަނގަޅުކޮށްދޭ ބޭސްވެރިއެއްގެ ގޮތުގައި މަޝްހޫރު ސަކާލްގެ މި އާދަޔާ ހިލާފު ދިރިއުޅުމާމެދު އޭނާގެ އަންހެނުން ރުޕިޔާ ދޭވީގެ އެއްވެސް މައްސަލައެއް ނެތެވެ.

Leave a comment

Your email address will not be published.