Fri, 17 January, 2020, 11:31 pm
ބޮޑުވަޒީރު އިމްރާން ޚާން އެމެރިކާގެ ރައީސް އާއި މިއަދު ބައްދަލުުކުުރަައްްވާާނެެ

ޕާކިސްތާނާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބޮޑުވަޒީރު އިމްރާން ޚާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ވައިޓްހައުސްގައި މިއަދު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދެގައުމުގެ މީޑިއާތަކުންހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، މިހާރު އެމެރިކާއަށް ކުރައްވާ ތިންދުވަހުގެ ރަސްމީ މި ދަތުރުފުޅުގައި ދެބޭފުޅުން ގިނަ މައްސަލަތަކާމެދު މަޝްވަރާ ކުރައްވާނޭ ކަމަށް ރިޕޯޓްތައް ބުނާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އެގޮތުން މިދިޔަ އަހަރު އެމެރިކާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕާކިސްތާނުން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެގައުމަށްދޭ އަސްކަރީ އެހީގެ ބައެއް ކަނޑާލާފަ އެވެ.

އެހެންކަމުން ދެ ލީޑަރުންގެ ބައްދަލުވުމުގައި ޕާކިސްތާނަށްދޭ އަސްކަރީ އެހީ އަނެއްކާވެސް އިތުރު ކުރުމާ ބެހޭ ގޮތުން  ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެނެލިސްޓުން ވިދާޅުވެ އެވެ.

ޕާކިސްތާނުގެ ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރުގެ ދަތުރުފުޅުގެ ސަބަބުން “ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ” އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާންޚަގެ މި ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭގެ އިތުރުން އެމެރިކާގެ ސެނޭޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއާ ބައްދަލު ކުރެއްވުމާއި، އަދި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީއާވެސް ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Leave a comment

Your email address will not be published.