މުހައްމަދު އަމީން
06 August 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒު މިނިސްޓަރު ޝުސްމާ ސުވަރާޖު އަވަހާރަވެއްޖެއެވެ.

ޝުސްމަ ސުވަރާޖު އަވަހާރަވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. ސުޝްމާ ނިޔަވީ ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އުމަރަކީ 67 އަހަރެވެ. ޝުސްމާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ބޮޑުވަޒީރެވެ. ނަމަވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އައު ދައުރަކަށް އިންތިހާބު ވެވަޑައިގެންނެވިއިރު ސުޝްމާގެ ނަމެއް ކެބިނެޓުގައި ނެތެވެ.

މިފަހަރުގެ އިންތިހާބުގައި ސުޝްމާ ވާދަ ނުކުރެއްވީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހުމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކެކެވެ.

ޝުސްމާ ވަނީ ރާއްޖެއާވެސް ހާއްސަ ގުޅުންތަކެއް ބާއްވާފައެވެ. އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާއި އެކު ސުޝްމާ ވަނީ ހާއްސަ ގުޅުމެއް ބާއްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©