Sat, 18 January, 2020, 12:51 am
ހޫނުގަދަ ދުވަހަކަށްފަހު އަރަފާތް ބިމަށް ބޯކޮށް ވާރޭ ވެހެން ފަށައިފި

މިނާއިން އަރަފާތަށް ހައްޖުވެރިން އައިއިރު ހޫނު ގަދަކޮށް އޮތް ނަމަވެސް ކުއްލިއަކަށް މޫސުން ބަދަލުވެ އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހެން ފަށައިފި އެވެ.

ސައުދީގެ ނޫސްތަކުން ބުނާގޮތުން، އަރަފާތު ބިމަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ބޯކޮށް ވާރޭ ވެހުމުގެ ކުރިން މިއަދު މެންދުރުފަހު 2:30 އާ ހަމައަށް އެތަނުގެ ފިނިހޫނުމިން ހުރީ ވަރަށް މަތީގަ އެވެ.

އެގޮތުން ކުއްލިއަކަށް ބޯ ވިލާގަނޑުތަކެއް އުފެދި ވާރޭ ވެހެން ފެށީ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި މިހާރު އަރަފާތު ބިމަށް ގުގުރާ ވިދަމުންދާ ކަމަށްވެ އެވެ.

އަރަފާތު ބިމަށް ބޯކޮށް ވާރޭ ވެހެމުންދާއިރު ގިނަ ހައްޖުވެރިން ވަނީ ވާރޭ ތެރޭގައި މަޑުކޮށް  މާތް ﷲ ދެއްވި ރިޒްގަށް ޝުކުރު ދަންނަވައި ދުއާ ކުރަމުން ނެވެ.

Leave a comment

Your email address will not be published.