މުޙައްމަދު އިބްރާހިމް
10 August 2019
މަޤްބޫލު ޙަބަރު

ނޯވޭގެ މިސްކިތެއްގެ ތެރޭގައި ބަޑި ޖަހައި އެކަކު ޒަހަމް ކޮށްލައިފި އެވެ.

ނޯވޭގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހަމަލާ ދީފައިވަނީ އެގައުމުގެ ވެރިރަށް އޮސްލޯގައި ހުންނަ އަލް ނޫރް އިސްލާމިކް ސެންޓަރަށް ވަތް މީހެކެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

“އެކަކު ގަޔަށް ވަނީ ބަޑި ޖަހާފައި. އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ. އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ވަނީ ހައްޔަރުކޮށްފައި. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،” އޮސްލޯ ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ހާދިސާ ހިނގިއިރު މިސްކިތް ކައިރީގައި ހުރި މީހަކު ބުނި ގޮތުގައި، މިސްކިތް ތެރެއަށް ވަދެ ހަމަލާދީފައިވަނީ ޔުނީފޯމެއް ލައިގެން ހެލްމެޓް އަޅައިގެން ހުރި މީހެއް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©