މުޙައްމަދު އިބްރާހިމް
12 August 2019
މަޤްބޫލު ޙަބަރު

އަޟްހާ އީދާއި ގުޅިގެން އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ކަތިލަން އުޅުނު ބަކައްޓެއްގެ ގައިގާ މާތް ﷲގެ އިސްމުފުޅު އެޅިފައި އިންދާ ފެނިއްޖެއެވެ.

އުއްތަރަ ޕްރަދޭޝްގެ އިރު ދެކުނުގައި އޮންނަ ސިޓީއެއްގައި ކަތިލަން އުޅުނު އެ ބަކަރީގައި ﷲގެ އިސްމުފުޅު އެޅިފައި ހުރީ އޭތީގެ ވާތް ފަރާތު ފައިގެ މަތީގައެވެ.

ސަލްމާންގެ ނަން ދީފައިވާ އެ ބަކަރީގެ ވެރި ފަރާތް ކަމަށްވާ މުހައްމަދު ނިޒާމުއްދީން ބުނީ، ބަރުދަނުގައި 90 ކިލޯގުރާމް ހުރި އެ ބަކައްޓަށް ދުވާލަކު 800 ރުޕީސް (175 ދިވެހި ރުފިޔާ) އޭނާ ހަރަދުކުރާ ކަމަށެވެ. އަދި އެއީ އޭނާއަށް ވެސް ހަރަދުކުރާ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށެވެ.

“އެ ބަކައްޓަށް އަހަރެން ކާން ދީ އުޅެނީ އެލްމަންޑްސް އަދި ކެޝޫ ނަޓްސް. އަދި އޭތި ނިދާ އުޅެނީ އަހަރެންގެ އަމިއްލަ ގޭގައި. އެ ބަކައްޓަކީ އަހަންނަށް ބޭބެ އެއް ކަހަލަ އެއްޗެއް،” ބަކަރީގެ ވެރިފަރާތުން ބުނެފައިވެއެވެ.

ނިޒާމުއްދީން ބުނި ގޮތުގައި، އޭނާ ބޭނުންވަނީ އެ ބަކަރި ވިއްކާލައިށެވެ. އެގޮތުން އަ ބަކަރީގެ އަގެއްގެ ގޮތުގައި އޭނާ ކިޔަނީ އަށް ލައްކަ ރުޕީސް (174542 ދިވެހި ރުފިޔާ) އެވެ.

އަޟްހާ އީދުގައި އުލްހިޔާ ކަތިލަނީ އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގުރުބާން ކުރެއްވުމަށް މާތް ﷲ ކުރިމަތި ކުރެއްވި އިމްތިހާނަށް އިބްރާހިމްގެފާނު ކިޔަމަންވެވަޑައިގަތުމުން ދެއްކެވި ތެދުމަގުގެ މައްޗަށް ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން ކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©