Fri, 17 January, 2020, 11:35 pm
ހައްޖަށް ދިޔަ 8 މީހަކު ވިހައިފި

މިނާ: މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދިޔަ މީހުންގެ ތެރެއިން މައްކާ، މިނާ އަދި އަރަފާތަށް އަށް މީހަކު ވިހާފައިވާ ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސައުދީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ސައުދީގެ ނޫހެއް ކަމަށްވާ ސައުދީ ޕްރެސް އެޖެންސީން ބުނީ، އިއްޔެއާ ހަމައަށް މައްކާގައި ހުންނަ މެޓާނިޓީ އެންޑް ޗިލްޑްރަން ހޮސްޕިޓަލަށް ފަސް ކުއްޖަކު ވިހާފައިވާ ކަމަށެވެ.

އަދި އަރަފާތު ބިމަށް ދެ މީހަކު ވިހާފައިވާއިރު މިނާއަށް އެކަކު ވަނީ ވިހައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އަރަފާތަށް ވިހާފައިވަނީ ހައްޖުގެ އަޅުކަން އަދާކުރަމުންދިޔަ ދެ އަންހެނެކެވެ.

އެގޮތުން އަރަފާތަށް ވިހެއި އެކަކަކީ ލީބިޔާއަށް އުފަން އުމުރުން 44 އަހަރުގެ ސުއާދު މުހައްމަދު ބާބުޝް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާއަށް ލިބުނު ދަރިފުޅަށް ކިޔާފައިވަނީ ވެސް އަރަފާތެވެ.

އަރަފާތަށް ދެން ވިހާފައިވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގީނީއަށް އުފަން މައިމޫނާ އަލީ ނަމަކަށް ކިޔާ 23 އަހަރުގެ އަންހެނެކެވެ. އަދި އޭނާގެ ކުއްޖާއަށް ކިޔާފައިވަނީ މުހައްމަދު ސަލްމާން އެވެ. އެއީ ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ނަމުންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، އަރަފާތަށް ވިހެއި ދެ އަންހެނުންނާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ.

Leave a comment

Your email address will not be published.