މުޙައްމަދު އިބްރާހިމް
28 September 2019
މަޤްބޫލު ޙަބަރު

އިރާންގައި އެޑޮޕްޓްކޮށްފައިވާ ދަރިފުޅާ ކައިވެނި ކުރެވޭ ގޮތަށް އެޤައުމުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅާ އެ އެއިސްލާހް ފާސްކޮށްފިއެވެ.

އިރާންގެ ޤާނޫން ހަދާ މަޖިލީހުން ފާސް ކުރި ބިލްގައި ބުނެފައިވަނީ، ކުއްޖާގެ އުމުރުން 13 އަހަރުވެފައިވާއިނަމަ، އެކުއްޖާގެ ބައްޕައާ އެޑޮޕްޓްކޮށްފައިވާ ދަރިފުޅެއްނަމަ އިނުމަށް ބޭނުންވެއްޖެ ހާލެއްގައި އެކަމަށް ހުރަހެއް ނެތް ކަމަށެވެ.

މިބިލާ ގުޅިގެން އިރާންގައި އިންސާނީ ޙައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން އެފަރާތްތަކުން ބުނެފައިވަނީ، މިބިލްގެ ސަބަބުން ބޮޑެތި މައްސަލަތަށް ކުރިމަތިވާނެ ކަމަށާއި މިގޮތުން ބަލާއިރު ކުއްޖާގެ ބެލެނިވެރި ފަރާތުން ކުއްޖާއާ މެދު ޝަހުވާނީ ވިސްނުން އުފެދުމުގެ ފުރުސަތު މިކަމުން ލިބިގެންދާނެ ކަމަށެވެ.

އިރާންގައި އަންހެނުންގެ ހައްގުތައް ފުޅާ ކުރުމަށް މިހާރުދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން ދާދިފަހުންވަނީ އެގައުމުގެ އަންހެނުންނަށް ފުޓްބޯޅަ ސްޓޭޑިއަމްއަށް ވަދެވޭ ގޮތަށް ޤާނޫން އިސްލާހްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©