Sun, 23 February, 2020, 4:52 pm
ޣާޒާ މުޒާހަރާ: ޒުވާނަކު ޝަހީދު ކޮށްލައި، 22 ކުޑަކުދިން ޒަހަމް ކޮށްލައިފި

ޣާޒާ (ކިއުއެންއެން) – އިޒްރޭލާއި ޣާޒާ ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީންގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ، އިރުމަތީ ރަފާގައި އިއްޔެ ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާގައި ބަޑި ޖަހާ ޝަހީދު ކޮށްލާފައިވަނީ އުމުރުން 20 އަހަރުގެ ސަހީރު އަވަދުﷲ އުސްމާން ކަމަށެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާގޮތުގައި، އޭނާ ޝަހީދުކޮށްލީ މެޔަށް އަމާޒުކޮށް އިޒްރޭލުގެ ސްނައިޕަރަކު ފޮނުވާލި ހަމަލައެއްގައެވެ.

މީގެ އިތުރުން އެ މުޒާހަރާގައި 86 މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި 20 ކުޑަކުދިންނާއި ހަތަރު އަންހެން ޕެރަމެޑިކްސް އަދި ފަސް ފިރިހެން ޕެރަމެޑިކުން ހިމެނެއެވެ.

އަމިއްލަ ވަޒަނުން ބޭރުކުރި ފަަލަސްތީންގެ އެތައް ހާސް ރައްޔިތުންނެއް އެމީހުންގެ އުފަން ފަސްގަނޑަށް ގެނައުމަށާއި ޣާޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ކޮންމެ ހަފްތާއަކު ކުރަމުންދާ މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ހަފްތާގެ ކޮންމެ ހުކުރު ދުވަހު އިޒްރޭލާއި ޣާޒާ ގުޅޭ ބޯޑަރު ކައިރީގައި ފަލަސްތީން ރައްޔިތުން ސުލްހަވެރި މުޒާހަރާތައް ކުރަމުންދާއިރު އިއްޔެއަކީ އެ މުޒާހަރާ ބޭއްވި 76 ވަނަ ހަފްތާއެވެ.

ނަމަވެސް އަމިއްލަ ރައްކަލަކަށް ކަމަށް ބުނެ އިޒްރޭލުގެ ސިފައިންނާއި ސްނައިޕަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހައި އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.

Leave a comment

Your email address will not be published.