މުޙައްމަދު އިބްރާހިމް
29 September 2019
މަޤްބޫލު ޙަބަރު

ޔަމަންގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމުގައިވާ ހޫތީން ޖަމާއަތުން އެޤައުމުގައި ހަރަކާތްތެރިވާ ސައުދީގެ އަސްކަރިއްޔާގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ހޫތީ ޖަމާއަތުން ބުނެފިއެވެ.

ހޫތީ ޖަމާއަތުގެ ތަރުޖަމާނާ ހަވާލާދީ ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީގެ އަސްކަރިއްޔާގެ އެއްހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ ތެރޭގައި 3 ކޮމާންޑަރަކު ހިމެނޭ ކަމަށްވެސް ހޫތީ އިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ސައުދީން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ.

ހޫތީން ހާމަކުރާ ގޮތުގައި މިމަހު 14 ވަނަ ދުވަހު އެ ޖަމާއަތުންވަނީ ސައުދީގެ ތެޔޮ ކާރުހާނާއަކަށްވެސް ހަމަލާދީފައެވެ. ނަމަވެސް މި ހަމަލާދީފައިވަނީ އިރާނުން ކަމަށް ސައުދީ އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©