Sat, 18 January, 2020, 12:27 am
ސައުދީ ރަސްގެފާނުގެ މުހިންމު ހަށިފާރަވެރިޔަކު މަރާލައިފި

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒުގެ އެންމެ މުހިންމު އެއް ހަށިފާރަވެރިޔާ، މޭޖާ ޖެނެރަލް އަބްދުލްއަޒީޒު އަލް ފަގުހަމް މަރާލައިފިއެވެ.

ޖެނެރަލް ފަގުހަމް އަކީ ސައުދީންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ސައުދީ ރަސްގެފާނު ސަލްމާންގެ އިތުރުން ފަގުހަމްއަކީ ސައުދީގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒްގެ ވެސް ހަށިފާރަވެރިއެކެވެ.

މައްކާގެ ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނަކާ ހަވާލާދީ މީޑިއާތަކުން ބުނީ، މޭޖާ ޖެނެރަލް ފަގުހަމްގެ ގަޔަށް ބަޑި ޖަހާ މަރާލީ އޭނާގެ އެކުވެރިއެއް ކަމަށެވެ.

އެ ހާދިސާ ހިނގީ ޖިއްދާގައި ހުންނަ އަލް ފަގުހަމްގެ އެކުވެރިއެއްގެ ގެއަކަށް ގޮސް، އެ ދެމީހުންގެ ދެމެދު ޖެހުނު އުފެދުނު ދެބަސްވުމަކަށް ފަހުއެވެ. އަރަބް ނިއުސްގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ، ދެބަސްވުންތައް އުފެދުނީ އަމިއްލަ އަދި ފައިސާގެ މައްސަލަތަކެއްގައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ހާދިސާ ހިނގި ތަނަށް ފުލުހުން ދިއުމުން އަލް ފަގުހަމްގެ އެކުވެރިޔާ އާއި ފުލުހުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމަށެވެ. އަދި އޭނާ ފުލުހުންނާ ހަވާލުވާން ދެކޮޅު ހެދުމުން، ފުލުހުން އޭނާގެ ގަޔަށް ބަޑި ޖަހާ މަރާލި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާގައި އަލް ފަގުހަމް މަރުވީ ބަޑިޖެހުމުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އަދި އެ ހާދިސާގައި އަލް ފަގުހުމްގެ އެކުވެރިޔާގެ ގޭގައި އެ ވަގުތު އުޅުނު ދެ މީހަކަށާއި ފުލުހުންގެ ފަސް އޮފިސަރަކަށް ވެސް ޒަހަމްވި ކަމަށް މައްކާގެ ފުލުހުން ބުނެއެވެ.

Leave a comment

Your email address will not be published.