.
06 October 2019
މަޤްބޫލު ޙަބަރު

އުއްތަރް ޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި އެތައްބަޔަކު މަރުވެ، އެތައްހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެބޮޑަށް އަސަރު ކޮށްފައިވަނީ މައި ދެ ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ދެ ކޯރުވެސް ވަނީ ބަންޑުންވެފައެވެ.

އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ  ވޭތުވެދިޔަ ދެދުވަހު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި ގިނަމީހުން މަރުވެފައިވަނީ ގެތައް ބޮލަށް ވެއްޓުމުގެ ސަބަބުންނާއި، ހޮނުއެޅުމާއި، ގެނބިގެން ކަމަށާއި، މީގެ އިތުރުން ފެންބޮޑުވި ސަރަހައްދުތަކުން ހަރުފަ ވިހަލުމުގެ ސަބަބުންވެސް ފަސްމީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©