މުޙައްމަދު އިބްރާހިމް
06 October 2019
މަޤްބޫލު ޙަބަރު

ކެރެލާ: އިންޑިއާގެ ކެރެލާގެ ކޮށްލަމް ޑިސްޓުރިކްޓުގައި މަންމައަކު އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ގައިގާ ތަޅައި މަރާލައިފިއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި، ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ އެ މަންމަ، އޭނާގެ ދަރިފުޅު މަރާލީ ކާން ބޮޑާ ހޭކުމުންނެވެ. އަދި އެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެއެވެ.

މީޑިއާތަކުން ބުނާގޮތުގައި، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހުން އައިސްގެން ހޭނެތިގެން ކަމަށް ބުނެއެވެ. ނަމަވެސް ޑޮކްޓަރުން ބެލި ބެލުމުން ކުއްޖާގެ ގައިގައި އަނިޔާކޮށްފައިހުރި ނިޝާންތަކާއި އެތެރެ ހައްޓަށް ލޭއެޅިފައި ހުރިކަން ފާހަގަކުރެވުނު ކަމަށްވެއެވެ.

އެ މައްސަލާގައި ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލާގައި ކުއްޖާގެ ބައްޕައާވެސް ސުވާލު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©