މުޙައްމަދު އިބްރާހިމް
07 October 2019
މަޤްބޫލު ޙަބަރު

ތައި ނޭޝަނަލް ޕާކުގެ ފެންކޯރަކަށް ވެއްޓުނު ކުޑަ އެތެއް ސަލާމަތް ކުރަން އުޅުނު ފަސް އެތާއެކު ހަ އެއް ގެނބިގެން މަރުވެއްޖެއެވެ.

ބެންކޮކްގެ އިރުއިތުރުން 85 މޭލު ދުރުގައި އޮންނަ ހާއޯ ޔާއީ ނޭޝަނަލް ޕާކުގެ އޮފިޝަލު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެންމެ ފުރަތަމަ ފެނުނީ ގެނބިގެން މަރުވި ތިން އަހަރުގެ ކުޑަ އެއް ކަމަށެވެ.

އަދި އޭގެފަހުން ފެންކޯރުގެ އަޑިން އިތުރު ފަސް އެއް ފެނުނު ކަމަށް ތައިލެންޑް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކްސް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންސަވޭޝަން އިން ބުނެއެވެ.

އޮފިޝަލުން ބުނީ، މަރުވި ހަ އެއް ނަގަން މަސައްކަތްކުރި އިތުރު ދެ އެތެއް ދިރިހުއްޓާ ފެނިފައިވާ ކަމަށާއި އެ ދެ އެއް މިހާރު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފެންކޯރު އާންމުންނަށް މިހާރު ވަނީ ބަންދުކޮށްފައެވެ.

މީގެ ކުރިން 1992 ވަނަ އަހަރު ވެސް އެ ފެންކޯރުގައި މިފަދަ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި އަށް އެއް ފެންކޯރަށް ވެއްޓި މަރުވެފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެއެވެ.

އެތަކީ އެހެން އެތަކަށް ނުރައްކަލެއް ނުވަތަ އަނިޔާއެއް ލިބުމުން އެކަމަށް އެހީވުމުގައި ނަމޫނާ ދައްކާ ޖަނަވާރެކެވެ. އަދި އެއް ގުރޫޕެއްގައި ހިމެނޭ އެތެއް މަރުވެއްޖެނަމަ، އެކަމުގެ ހިތާމަ އެހެން އެއްތައް ކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©