Fri, 3 April, 2020, 5:56 am
ރަސޫލާއަށް ފުރައްސާރަކުރުމުން މުޒާހަރާއަށް ނުކުތް މީހުންގެ ގަޔަށް ބަޑިޖަހައި ހަތަރު މީހުން މަރާލައިފި

ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ފޭސްބުކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ބަންގްލަދޭޝްގައި ފެށި މުޒާހަރާ ވަރުގަދަވެ، މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ހަތަރުމީހުން މަރުވެފައިވާއިރު ފަންސާހަށް ވުރެގިނަމީހުން ޒަޚަމްވެއްޖެއެވެ.

ވިހިހާހަށްވުރެ ގިނަމީހުން އެއްވި މި މުޒާހިރާ ކޮށްފައިވަނީ ބަންލަދޭޝްގެ އެންމެބޮޑު ރަށް ކަމަށްވާ ބޯލާ އައިލެންޑްގެ ބުރުހާނުއްދީން ޓައުންގައި އާންމުން ނަމާދުކުރަން ޖަމާވެއުޅޭ މައިދާނެއްގައެވެ.

އާންމުންގެ ގިނަބަޔަކު އެއްވެފައިވާ މިމުޒާހަރާއަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ހުރަސްއަޅާ މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ބަޑިޖަހާފައެވެ. އަދި ފުލުހުންބުނީ މުޒާހަރާގެ ބައިވެރިނާއި ދިމާލަށް ބަޑިޖެހީ އޮށްގާ އުކަންފެށުމުން އަމިއްލަ ދިފާއުގައި ކަމަށެވެ.

މުޒާހަރާ ހޫނުވުމާ ގުޅިގެން ބަނގްލަދޭޝް ސަރުކާރުން ބޯލާ އައިލެންޑަށް ސަލާމަތީ އިތުރު ފައުޖުތައް ފޮނުވާފައިވާއިރު ފުލުހުންގެ އިންސްޕެކްޓަރ ސަލާހުއްދީން މިއާ ވަނީ ފުލުހުން ބަޑިޖެހުމުގެ ސަބަބުން ހަތަރުމީހުން މަރުވެ، އިތުރު ފަންސާސް މީހުން ޒަޚަމްވި ކަމަށް ކަށަވަރުކޮށްދީފައެވެ.

އިންޑިޔާގެ އެންޑީ ޓީވީ އޮންލައިން އިން ބުނެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕޯސްޓެއްޖެހީ ބަނގްލަދޭޝްގެ ހިންދޫމީހެއްގެ ފޭސްބުކް އެކައުންޓް ހެކްކުރުމަށް ފަހު ކަމަށެވެ.

އާބާދީގައި 168މިލިޔަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ނުވަދިހަ ޕަސެންޓްއަކީ މުސްލިމުންނަށް ވާއިރު އެގައުމުގައި އޮންލައިން މެދުވެރިކޮށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ފަހަކަށްއައިސްވަނީ އިތުރުވެފައެވެ.

Leave a comment

Your email address will not be published.