Fri, 5 June, 2020, 11:02 am
ބަޣުދާދީ މަރުވެއްޖެ، އޭނާ މަރުވީ ތިން ކުދިންނާއެކު ޖާނު ގޮއްވާލައިގެން: ޓްރަމްޕް
2

ވައިޓް ހައުސްގެ ޑިޕްލޮމެޓިކް ކޮޓަރިކޮޅުގައި ހުންނަވައިގެން ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވީ، ބަޣުދާދީ މަރުވީ ސީރިއާގެ ހުޅަނގުއުތުރުގައި އޮންނަ އިދްލީބް ޕްރޮވިންސްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ.

ބަޣުދާދީ މަރުވީ އޭނާގެ ތިން ކުދިންނާއެކު ސިފައިންނަށް ފިލަން ދުވަމުން ގޮސް ބިންގަރާހެއްގައި އެންމެ އެތެރޭގައި ތާށިވުމުން، ގޮވާތަކެތި ހަރުކޮށްފައިހުރި ވެސްޓެއް ގޮއްވާލައިގެން ކަމަށާއި ހަމަލާގައި އޭނާގެ ތިން ކުދިން ވެސް މަރުވި ކަމަށެވެ.

ބަޣުދާދީގެ އިތުރުން އޭނާގެ އަރިސް ގިނަ އަދަދެއްގެ މީހުން ވެސް އެ އަސްކަރީ އޮޕަރޭޝަންގައި މަރުވެފައިވާ ކަމަށް ޓީވީތަކުން ލައިވްކޮށް ދުރަށް ދެއްކި ތަގުރީރުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް މި އޮޕަރޭޝަންގައި އެމެރިކާ އަސްކަރިއްޔާގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ބަޣުދާދީގެ އެންމެ ފަހު ވަގުތުކޮޅުގައި އޭނާ އުޅުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި ފިލަން ދުވިއިރު އޭނާ އާދޭސްކޮށް ރަޮމުން ދިޔަ ކަމަށެވެ. އަދި މަރުވެފައިވަނީ ބަޣުދާދީކަން އެމެރިކާއިން ވަގުތުން ޔަގީންކުރިކަން ފާހަގަކޮށް ޓްރަމްޕް ވަނީ ދުނިޔެ ރައްކާތެރި ތަނަކަށް ވެއްޖެކަމަށް ވިދާޅުވެފައެވެ.

ބަޣުދާދީގެ ޚަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ އޭނާ މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުތައް ފަތުރައިފައެވެ.

އެގޮތުން އެމެރިކާގެ އިތުރުން ރަޝިއާއިން ވެސް ބަޣުދާދީ މަރުވެފައިވާ ކަމަށް ބުނި ނަމަވެސް، މިދިޔަ މެއި މަހު ބަޣުދާދީ ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަދައްކާ ވީޑިއޯއެއް ނެރެފައެވެ.

ދުނިޔޭގެ އެންމެ “ވޯންޓެޑް މީހާ” ގެ ގޮތުގައި ބެލެވިފައިވާ ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގައެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފައެވެ.

Leave a comment

Your email address will not be published.