މުޙައްމަދު އިބްރާހިމް
28 October 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޑިސްޓްރިކްޓެއް ކަމަށްވާ ޓްރިޗީގެ ހިމަ ފުން ފަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖަކު ސަލާމަތް ނުކުރެވި ހަތަރު ދުވަސް ވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ސުޖިތް ވިލްސަން ނަމަކަށް ކިޔާ ދެ އަހަރުގެ އެ ފިރިހެން ކުއްޖާ ވަޅަށް ވެއްޓުނީ ރައްޓެހި ކުދިންތަކަކާއެކު ގޭދޮށުގައި ކުޅެން އުޅެނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ.

180 މީޓަރު ފުން އެ ވަޅަށް ވެއްޓި ކުއްޖާ ފުރަތަމަ ތާށިވީ ބިމުގެ 30 ފޫޓު އަޑީގައެވެ. ނަމަވެސް އާދީއްތަ ދުވަހު އެކުއްޖާ ކައްސާލައިގެން މިހާރު ތާށިވެފައި ހުރީ 100 ފޫޓު އަޑީގައި ކަމަށްވެއެވެ.

ކުއްޖާ ތާށިވި ދުވަހުން ފެށިގެން ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީހުން ސަލާމަތްކުރުމުގެ މީހުން ދަނީ ވަޅަށް އޮކްސިޖަން ފޮނުވަމުންނެވެ. އަދި ބަރު މެޝިނަރީއާއެކު ކުއްޖާ ތާށިވެފައި އިން ވަޅާ ކައިރިން އިތުރު ވަޅެއް ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޮފިޝަލުން ބުނާގޮތުގައި ކުއްޖާ މިހާރު ވަނީ ހޭނެތިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އަދިވެސް ނޭވާލައެވެ.

އިންޑިއާގެ ރިޕޯޓަރުން ބުނާގޮތުގައި، ކުއްޖާގެ މަންމަ ދަނީ އެކުއްޖާ ނުރޮޅުމަށް އެދެމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©