މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

އެމެރިކާގައި ރޭޕްކުރުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް އިއްވާފައި ހުރި މީހަކު އޮޅިގެން މިނިވަން ކުރެވުމުން، އޭނާ ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނާ ގޮތުގައި، އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި ހުންނަ ރޯޖާސް ސްޓޭޓް ޕްރިޒަންގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޓޯނީ މޭކޮން މުނޯޒް މެންޑޭޒް މިނިވަންވީ އެރި “އެރާ” އެއްގެ ސަބަބުންނެވެ.

ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

މިނިވަންވި ކުށްވެރިޔާއަކީ 2015 ވަނަ އަހަރު އުމުރުން 10 އަހަރުގެ އަންހެން ކުޑަކުއްޖަކު ރޭޕްކޮށް ޖިންސީ ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވެފައި ހުރި މީހެކެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުންދާ ކަމަށް ޖޯޖިއާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©