Fri, 28 February, 2020, 3:27 am
އެމެރިކާގެ ރައީސް ޓްރަމްޕް 2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ ދަށްކަން އަންގައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ ދެއްކުމަށް ރައީސް ޓްރަމްޕަށް އަމުރުކޮށްފިއެވެ.

ރައީސް ޓްރަމްޕް ދެމިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިމިވަނީ ހިލޭ އެހީދޭ ޓްރަމްޕްގެ އަމިއްލަ ޖަމްއިއްޔާ ކަމަށްވާ ޓްރަމްޕް ފައުންޑޭޝަން ނަހަމަގޮތުގައި ބޭނުން ކުރިކަމަށްބުނެ ނިއުޔޯކް ސްޓޭޓްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެގޮތުން ޓްރަމްޕް ފައުންޑޭޝަން ބޭނުންކޮށްގެން ވެޓެރަންސްއަށް ފަންޑްރެއިޒް ކުރުމުގެ ނަމުގައި 2016 ވަނަ އަހަރު އަޔޯވާ ކެމްޕެއިންއާ ދިމާކޮށް ފަންޑްރެއިޒިންގ އިވެންޓެއް ބޭއްވުމުގެ ހުއްދަ ރިޔާސީ ކެމްޕެއިން ޓީމަށް ދިނުމުގެ އިތުރުން ޓްރަމްޕްގެ ބޮޑު ޕޯސްޓަރެއް ހެދުމަށް ފައުންޑޭޝަންގެ ފައިސާއިން 10 ހާސް ޑޮލަރު ދައްކަން އެންގި މައްސަލަވެސް ވަނީ ހިމަނާފާއެވެ.

މިމައްސަލާގައި ޓްރަމްޕް ވަނީ ފައުންޑޭޝަން ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ދައުވާގައި އިޢުތިރާފްވެފައެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕް ފައުންޑޭޝަންގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމަކީ ގޯހެއްނޫން ކަމަށާއި، އެކަމާ ދެރަ ނުވާ ކަމަށެވެ.

Leave a comment

Your email address will not be published.