Sun, 19 January, 2020, 12:07 pm
މުޒާހަރާގެ ކޮންޓްރޯލް ނެއްޓި އިރާގުގެ އެތަށް ބަޔަކު މަރުވެއްޖެ

ބަޣްދާދު: އިރާގު ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ކޮންޓްރޯލް ގެއްލި ފާއިތުވި ތިން ދުވަހުގެރޭގައި 17 މީހުން މަރުވެ 100އަށް ވުރެ ގިނަމީހުން ޒަޚަމް ވެއްޖެއެވެ.

މުޒާހަރާގެ ބައިވެރިން ގެންދަނީ ތަކުރާރުކޮށް ފުލުހުންގެ އެންގުންތަކާ ހިލާފުވެ ސަރުކާރުގެ މުދާތަކަށާއި ފުލުހުންނަށް ހަމަލާ ދެމުންނެވެ.

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކޮށް މަގުމަތި އަމާން ކުރުމުގެ ގޮތުން ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް އަމާޒު ކޮށް، ކަރުނަ ގޭސް، ސައުންޑް ބޮމް އަދި ލައިވް ވަޒަން ގެންދަނީ ބޭނުން ކުރަމުންނެވެ. އިއްޔެ ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން ވެސް ފުލުހުން ވަނީ ލައިވް ވަޒަން ބޭނުންކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިންގެ ގަޔަށް އަމާޒު ކޮށްގެން ދިން ބަޑީގެ ހަމަލާގައި އިއްޔެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ޢިރާޤުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ހިނގާފައިވާ ހަމަނުޖެހުންތަކުގައި 270 މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން، ހޮނިހިރު ދުވަހު ޢިރާޤުގެ ސަރުކާރުން ވަނީ އެ ޤައުމަށް އިސްލާޙުތައް ގެންނާނެކަމަށް ބުނެފައެވެ.

Leave a comment

Your email address will not be published.