.
17 November 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކުރުމުގެ އިތުރުން ނާޖާއިޒު މުއްސަނދިކަން ހޯދާފައިވާތީ ދިގުމުއްދަތަކަށް ޖަލަށް ލުމަށް ސައުދީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ސައުދީ ސަރުކާރުގެ ޚަބަރުތަށް ގެނެސްދޭ “ސައުދީ ގެޒެޓް” ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި  ސައުދީ ސަރުކާރުގެ 5 މަސްއޫލުވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގިކަމަށްވަނީ ދައުވާކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން ކުރިޔަށްގެންދިޔަ ޝަރީއަތަކަށްފަހު އިއްޔެ ވަނީ އެ ފަސް އޮފިޝަލުންގެ މައްޗަށް ޙުކުމް އިއްވާފައެވެ.

އެމީހުންގެ މައްޗަށް ކުރި ޝަރީއަތުގައި، ވަކީލުން ވަނީ 23 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް، 9 މިލިއަން ސައުދީ ރިޔާލުން ޖޫރިމަނާ ކޮށްފައެވެ. އަދި އެމީހުންގެ ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ ސައުދީ ސަރުކާރުން ހިފަހައްޓާފައިވާއިރު މީގެ ތެރެއިން އެއްބޭފުޅަކު ރިޝްވަތު ހިފައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނަގައި، އަދި ސަރުކާރުގެ ބައެއް ލިޔެ ކިޔުންތައް ބަދަލު ކޮށްފައިވާތީ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާ 1 މިލިއަން ސައުދީ ރިޔާލުން އޭނާ ޖޫރިމަނާކޮށްފައިވާކަމަށްވެސް ސައުދީ ގެޒެޓްގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©