• Sat, 11 July, 2020, 8:11 pm

  އޮސްޓްރޭލިއާގައި ހަނަފަސްކަން ކުރިމަތިވެ ޖަމަލުތައް ފެން ހޯދަން ދުވާތީ އެސޮރުމެން މަރަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އޮސްޓްރޭލިއާއަށް އާދަޔާ ހިލާފަށް ހޫނުވެ، ހަނަފަސްކަން ފެތުރިފައިވާތީ ފެން ހޯދަން މީހުން ދިރިއުޅޭ އަވަށްތަކަށް ޖަމަލުތައް ވަދެ ގެއްލުންދޭތީ އެސޮރުމެން މަރަން ނިންމައިފިއެވެ.

  އޮސްޓްރޭލިއާގެ ދެކުނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި 10،000 ޖަމަލު މެރުމަށް ނިންމާފައިވާ ކަމަށެވެ. ޖަމަލުތައް މެރުމަށް ހަމަޖެހިފައިވަނީ ހެލިކޮޕްޓަރުގައި ގޮސް ބަޑި ޖަހައިގެންނެވެ.

  ޖަމަލުތައް މަރަން ނިންމީ އެގައުމުގެ ދެކުނުގައި އުޅޭ ސަހަރުތަކާއި އެބޯރިޖިނަލް ކޮމިއުނިޓީތަކަށް ގިނަ އަދަދެއްގެ ޖަމަލުތައް ވަދެ، އެމީހުންގެ އަތުގައި ހުރި މަދު ކާނާއި ފެން ހޯދަން އުޅުމާއި އެމީހުންގެ މީހުންނަށާއި އިމާރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުންތައް ލިބެމުންދާތީ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

  “އެސޮރުމެންދަނީ ފެން ހޯދުމަށް މަގުތަކުގައި ވެސް ދުވަމުން. އަހަރެމެންގެ ޅަދަރިންގެ ސަލާމަތާމެދު ކަންބޮޑުވޭ،” ސަހަރެއްގައި އުޅޭ މީހަކު ބުނެފައިވެއެވެ.

  މި އޮޕަރޭޝަންގައި ޖަމަލުގެ އިތުރުން އަސް ވެސް މެރުމަށް ވަނީ ނިންމައިފައެވެ.

  ސައުތު އޮސްޓްރޭލިއާގެ ތިމާވެށީގެ ޑިޕާޓްމަންޓުން ވެސް ބުނީ، ހަނަފަސްކަމުގެ ސަބަބުން ޖަނަވާރުންގެ ވެލްފެއާގެ މައްސަލަތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ބައެއް ޖަމަލުތައް ފެން ހޯދަން ކުރާ ދަތުރުތަކުގެ ސަބަބުން އެތައް ޖަނަވާރެއް ފެން ނުލިބި މަރުވަމުންދާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

  އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ރޯވެ، ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން ރެކޯޑް މިންވަރަށް ހޫނުމިން އިތުރުވެ، އެތައް މަހެއް ވަންދެން ހަނަފަސްކަން ވަނީ ކުރިމަތިވެފައެވެ. އަދި ގަދަ ހޫނާއެކު ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ކުރަން ދަތިވެ އިތުރު ސަރަހައްދުތަކަށް ފެތުރި، އެތައް ސަހަރަކުން ވަނީ މީހުން ވެސް ނެރެ، ރައްކާތެރި ހިސާބުތަކަށް ވެސް ބަދަލުކޮށްފައެވެ.

  އެގޮތުން އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 6.3 މިލިއަން ހެކްޓަރުގެ ޖަންގަލި، ޕާކު އަދި ބޯގަސް ހެދިފައިވާ ސަރަހައްދުތައް އެއްކޮށް ވަނީ އަދައި ހުލިވެފައެވެ. އަދި މި ހާދިސާގައި 24 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ތިން ފަޔާ ފައިޓަރުން ވެސް ހިމެނެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.