Wed, 29 January, 2020, 3:19 am
“އަހަންނާ ދޭތެރޭގައި ކަންތައްކުރަނީ ނަޖިސް ޖަނަވާރަކަށްވުރެ ވެސް އިހާނެތިކޮށް”

މިއީ އިންޑިއާގެ އޮޑިޝާއަށް އުފަން އުމުރުން 65 އަހަރުގެ ޑިވާކަރް ބިސުއީއެވެ. މަދުން ނޫނީ ނުފެންނަ ވައްތަރުގެ ޖެނެޓިކް މައްސަލައެއް ހުރުމުން މިމީހާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް މުޅި ހަށިގަނޑުގައި ވަނީ އެތައް ސަތޭކަ ޓިއުމަރެއް އުފެދިފައެވެ. އަދި އެއް ފައިގައިވަނީ 45 ކިލޯގެ ބޮޑު ޓިއުމަރެއް އުފެދިފައެވެ.

އެކަމުގެ ސަބަބުން އަވަށްޓެރިން އޭނާއަށް ހުތުރު ބަހުން ވާހަކަދައްކައި، ގޯނާކޮށް ފުރައްސާރަކުރާތީ ބިސުއީއަށް ވަނީ ގޭގައި އޮންނަން މަޖުބޫރު ވެފައެވެ.

އޭނާ ބުނާ ގޮތުން، އޭނާއާ ދޭތެރޭ މީހުން ކަންތައް ކުރަނީ މަގުމަތީގައި އުޅޭ ނަޖިސް ޖަނަވާރުތަކަށްވުރެ ވެސް އިހާނެތިކޮށެވެ.

ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ބިސުއީ ތަހައްމަލު ކުރަމުންދަނީ ނިއުރޯފައިބްރޯމެޓޯސިސް ކިޔާ ބައްޔެކެވެ. މިއީ އޭނާގެ ނާރުގެ ނިޒާމުގައި އެހެންނޫނީ ނުހުންނަ ކަންތައްތަކެއްގެ ސަބަބުން ޓިއުމަރުތަކެއް އުފެދި، މީހާ ނިކަމެތިކޮށްލާ ޖެނެޓިކް ބައްޔެކެވެ.

ބުއިސީ ބުނި ގޮތުގައި އޭނާގެ ގައިގާ ފުރަތަމަ އެ އެއްޗެހި ނަގަން ފެށީ މީގެ 15 އަހަރު ކުރިންނެވެ. ނަމަވެސް އެ އެއްޗެހި ހަލުވިކަމާއެކު ގިނަވެ އޭނާގެ ލޯމައްޗަށް ދާންދެން އެ އެއްޗެހި ނަގަން ފެށިއެވެ.

“މީހުން އަހަންނަށް މަލާމާތްކޮށް ފުރައްސާރަކުރޭ. އަހަންނާ ދިމާލަށް ވައްތަރު ވައްތަރަށް ބަލައި އަހަރެންނާ ދުރުވެވޭތޯ ބަލާ. އަހަރެން ކައިރީގައި މީހުން އުޅެނީ ވެސް އަހަރެންގެ ފަރާތުން ބައްޔެއް ޖެހިދާނެތީ ބިރުން. އަހަރެން އުޅޭ ގޭ ވެރިމީހާ ވެސް އެގޭގައި އަހަރެން ބަހައްޓަން ބޭނުން ނުވެގެން ނުކުންނަން ވަނީ ބުނެފައި،” ބިއުސީ ބުންޏެވެ.

އެ ބަލިން ސަލާމަތްވުމަށް ބިއުސީ ވަރަށް ވެސް ބޭނުންވެއެވެ. ނަމަވެސް އެ ޖެނެޓިކް މައްސަލައަކީ އަދި އެއްވެސް ފަރުވާއެއް އޮތް ކަމެއް ނޫނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ބިއުސީގައިގައި ނަގާފައިވާ ޓިއުމަރުތައް ނެގޭނެ ހަމައެކަނި ގޮތަކީ ގިނަ ސާޖަރީތަކެއް ހެދުމެވެ. އެވެސް އެކި ސްޓޭޖްތަކަށް ބަހާލައިގެންނެވެ. ނަމަވެސް އެ ފަރުވާ އޭނާ ދިރިއުޅޭ އަވަށަކުން ނުލިބެއެވެ.

Leave a comment

Your email address will not be published.