Sun, 29 March, 2020, 10:01 am
ތުރުކީއަށް ބާރުގަދަ ބިންހެލުމެއް، އިމާރާތްތައް ބިމާހަމަވެ މިހާތަނަށް ހަތަރު މަރު!

ތުރުކީގެ އިރުމަތީގައި އޮންނަ އެލަޒިގް ސިޓީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލާދީ ތުރުކީގެ ނޫސްތަކުން ބުނާގޮތުގައި، ހުކުރު ދުވަހުގެ ރޭގަނޑު 6.7 މީޓަރު އަޑިއަށް އައިސްފައިވަނީ 6.8 މެގްނިޓިއުޑުގެ ބިންހެލުމެކެވެ.

އަދި އެ ބިންހެލުންތަކަށްފަހު 5.4 މެގްނިޓިއުޑާއި 3.3 މެގްނިޓިއުޑާ ދެމެދުގެ ލޮޅުންތަކެއް ވެސް އެ ސަރަހައްދަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެ ބިންހެލުމުގައި މިހާތަނަށް މަރުވެފައިވާކަން ކަށަވަރު ވެފައިވަނީ ހަތަރު މީހެކެވެ. އަދި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެލަޒިގް އަށް އައި ބިންހެލުމުގެ އަސަރު ތުރުކީގެ ދެކުނުގައި އޮންނަ އަދަނާ އަދި އުތުރުގައި އޮންނަ ސަމްސަން އަށް ވެސް ކުރިއެވެ.

Leave a comment

Your email address will not be published.