Sun, 29 March, 2020, 11:19 am
ކިއުބާ އާއި ޖެމެއިކާއާ ދެމެދަށް ބާރުގަދަ ބިންހެލުމެއް، ބިޔަ ސުނާމީއެއްގެ އިންޒާރު!

ކިއުބާ އާއި ޖެމެއިކާއާ ދެމެދަށް ބާރުގަދަ ބިންހެލުމެއް އައިސް، ނުރައްކާތެރި ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރު ނެރެފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވިސް (ޔޫއެސްޖީއެސް) އިން ރިޕޯޓުކުރާ ގޮތުގައި 7.7 މެގްނިޓިއުޑްގެ އެ ބިންހެލުން އައިސްފައިވަނީ ޖެމެއިކާގެ އުތުރުހުޅަނގުން 117 ކިލޯމީޓަރު ދުރަށް، ކެރީބިއަން ކަނޑުގެ އަޑިއަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިމުގެ އެހާ އަޑިއަށް ނާންނަ ބިންހެލުންތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ހަބަރުތައް ބުނާ ގޮތުން، ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އެ ބިންހެލުމާއި ގުޅިގެން ޖެމެއިކާ އާއި ކިއުބާގެ އިތުރުން ކޭމަން އައިލެންޑްސް އަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

އެމެރިކާގެ ސައިންޓިސްޓުން ބުނާ ގޮތުގައި، އެ ބިންހެލުމުގެ ސަބަބުން ނުރައްކާތެރި ނުވަތަ ގެއްލުންބޮޑު ސުނާމީއެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބިންހެލުމަކީ މިދިޔަ މެއި މަހުގެ ތެރޭގައި ޕެރޫއަށް އައި 8.0 މެގްނިޓިއުޑުގެ ބިންހެލުމަށްފަހު މިހާތަނަށް އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ޕެރޫއަށް އައި ބިންހެލުމުގައި ދެ މީހުން ވަނީ މަރުވެފައެވެ.

Leave a comment

Your email address will not be published.