Sun, 29 March, 2020, 11:28 am
ކޮރޯނާވައިރަހުން އަރައިނުގަނެވި އުޅެނިކޮށް ޗައިނާގައި ދޫނި ރޯގާ ފެތުރެން ފަށައިފި

ފަރުވާއެއް ހޯދިފައި ނެތް ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދަނިކޮށް ޗައިނާގައި ނުރައްކާތެރި ދޫނި ރޯގާ، އެޗްފައިއެންވަން ފެތުރެން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދޫނި ރޯގާ ފެތުރެން ފަށާފައިވަނީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގެ ކައިރީގައި އޮންނަ ހުނާން ޕްރޮވިންސްގެ މެދުތެރޭގައި އޮންނަ ސިޓީ އަކުން ކަމަށެވެ.

“އެ ވައިރަސް ފެނިފައިވަނީ ޝައޯޔަންގް ސިޓީގެ ދަނޑަކުން. އެ ދަނޑުގައި 7850 ކުކުޅު އެބަ ގެންގުޅޭ. އަދި ވައިރަސް ޖެހިގެން 4500 ކުކުޅު ވަނީ މަރުވެފައި. ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ވައިރަސް ފެނުމާއެކު އެދަނޑުން 178282 ކުކުޅު މަރާލައި، ނައްތާލާފައި،” ޗައިނާގެ ދަނޑުވެރިކަމާގުޅޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ދޫނި ރޯގާއަކީ ދޫނިތަކުގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި އެއީ އިންސާނުންނަށް ވެސް އެ ވައިރަސް ޖެހެއެވެ. އަދި އެއް އިންސާނެއްގެ ފަރާތުން އަނެއް އިންސާނަކަށް އެ ވައިރަސް ފެތުރުމަކީ ވެސް ވެދާނެ ނަމަވެސް އުދަނގޫ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.

އޭގެ އިތުރުން ދޫނި ރޯގާއަކީ ސާސް ނުވަތަ ކޮރޯނާވައިރަސްއަށްވުރެ ވެސް އިންސާނުންނަށް ނުރައްކާތެރި ރޯގާއެކެވެ.

Leave a comment

Your email address will not be published.