Sun, 29 March, 2020, 11:27 am
ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހަކު އިންޑިއާގެ ކެރެލާއިން ފެނިއްޖެ

ޗައިނާއިން ފެނި ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް ޖެހިފައިވާ ދެވަނަ މީހަކު އިންޑިއާ ކެރެލާ ސިޓީން ފެނިއްޖެއެވެ.

އިންޑިއާ އިން ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ވެސް ފެނުނީ މިދިޔަ ހަފްތާގެ ތެރޭގައި ކެރެެލާއިންނެވެ. އޭނާއަކީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީން އެނބުރި ގައުމަށް އައި ދަރިވަރެކެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވައިރަސްއަށް ޕޮޒިޓިވްވި ދެވަނަ މީހަކީ ޗައިނާއަށް ދަތުރުކުރި މީހެއްގެ ގައިން ކަމަށެވެ. އަދި އޭނާ މިހާރު އެކަހެރިކޮށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހުބޭ ޕްރޮވިންސުން ފެނި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 14000 އަށްުވުރެ ގިނަ މީހުންނަށް ވަނީ އެ ވައިރަސް ޖެހިފައިވާއިރު ޗައިނާއިން ބޭރުން އެވައިރަސްގެ 130 ކޭސް ވަނީ ފެނިފައެވެ.

އެ ވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ގިނިަ އެއާލައިން ތަކުން ވަނީ ޗައިނާގެ އެތެރެއަށާއި ބޭރަށް ކުރާ ދަތުރުތައް ކެންސަލް ކޮށް، ވުހާންގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެ ސިޓީން ނެރެން ފަށައިފައެވެ.

އެގޮތުން އިންޑިއާ އިން އިއްޔެ ވަނީ އެގައުމުގައި ތިބި 324 ރައްޔިތުންނާއި ހަތް ދިވެހިން ވުހާން ސިޓީން ނެރެ، ނިއު ދެއްލީގައި ކަރަންޓީން ކޮށްފައެވެ.

Leave a comment

Your email address will not be published.