Sun, 29 March, 2020, 11:41 am
ކޮރޯނާ ވައިރަސް ޖެހިފައިވާ މާބަނޑު މީހަކު ވިހައިފި، ދެމައިން ކަރަންޓީނުގައި

ހާބިން (ޒިންހުއާ) – ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ މާބަނޑު މީހަކު ވިހައިފިއެވެ.

އެ އަންހެން މީހާ ވިހެއި ހާބިން ސިޓީގެ ހޮސްޕިޓަލެއްގެ ނައިބު ރައީސް ނާ ހުއި މިއަދު ވިދާޅުވީ، މާބަނޑު މީހާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ގަދައަށް ހުން އައިސްގެން ހޮސްޕިޓަލަށް ދެއްކުމުން ކަމަށެވެ. އޭރު އޭނާގެ ބަނޑަށް 38 ހަފްތާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އޭނާގެ ހާލަތަށް ބަލައި ޑޮކްޓަރުންގެ މަޝްވަރާއަށްފަހު މިދިޔަ ހުކުރު ދުވަހު ސިޒޭރިއަން ހަދައި ބަނޑުގައި އޮތް ދަރިފުޅު ނެގިއެވެ. އެއީ އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާގެ ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށް ނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ ނައިބު ރައީސް ވިދާޅުވީ، މައިމީހާ ކޮރޯނާވައިރަހަށް ޕޮޮޒިޓިވްވި ނަމަވެސް ދަރިފުޅުގެ ގައިން އެ ވައިރަސް ފެނިފައިނުވާ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު އަދި އާދީއްތަ ދުވަހު ދަރިފުޅުގެ ގައިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ވެސް ވައިރަހަށް ނެގެޓިވް ކަމަށް ވަނީ ދައްކައިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވިހެއުމަށްފަހު މައިމީހާގެ ހުން މަޑުވެފައިވާ ކަމަށެވެ. ނަމަވެސް ދެމައިން ކަރަންޓީން ކޮށްފައިވާއިރު، ދެމައިންގެ ހާލު ބަލައި ފަރުވާދިނުމަށް ހާއްސަ މެޑިކަލް ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Leave a comment

Your email address will not be published.