• Sun, 5 July, 2020, 2:50 am

    ބެހެއްޓި އޯގާތެރިކަން ދުވަހަކުވެސް ހަދާން ނުނެތޭނެ: ކޮރޯނާ ވައިރަސްއިން މުޅިން ރަގަޅުވި ވޭންގ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މިދިޔަ ޖެނުއަރީ މަހުގެ 23ވަނަ ދުވަހު ޗައިނާގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން “ދަ ތަރޑް ޕީޕަލްސް ހޮސްޕިޓަލް އޮފް ޔީޗަންގ”ގައި އެޑްމިޓުކޮށް ފަރުވާ ކުރަމުންދިޔަ އުމުރުން 91 އަހަރުގެ ވޭންގ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ތައުރީފް ޗައިނާގެ މެޑިކަލް ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް އޮއްސާލައިފިއެވެ.

    ސެންޓްރަލް ޗައިނާގެ ހުބޭ ޕްރޮވިންސްގެ “ދަ ތަރޑް ޕީޕަލްސް ހޮސްޕިޓަލް އޮފް ޔީޗަންގ”ގައި ވޭންގ އެޑްމިޓުކޮށް އޭނާއަށް ފަރުވާ ކުރަމުންއައީ ވައިރަސްގެ ސަބަބުން ފެންނަމުންދިޔަ ޢަލާމާތްތަކަށެވެ. ވޭންގގެ ފަރުވާއަށްފަހު 15 ދުވަސް ފަހުން މުޅިން ރަނގަޅުވުމުން އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. މިއީ މިހާތަނަށް މިވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޢުމުރުން މިހާދުވަސްވީ މީހަކު މުޅިން ރަނގަޅުވި ފުރަތަމަ ފަހަރެވެ.

    ވޭންގ ވަނީ އެނާ ރަނގަޅުވުމުން އެކަމާ ވަރަށް އުފާވާކަމަށް ބުނެފައެވެ. އަދި އޭނާވަނީ އޭނާއަށް ފަރުވާ ކުރުމުގައި ޙަރަކާތްތެރިވި ޗައިނާގެ މެޑިކަލް ދާއިރާގެ ހުރިހާ އޮފިސަރުންނަށް ޝުކުރުއަދާކޮށް ވަރަށްބޮޑަށް ތައުރީފް ކޮށްފައެވެ. ވޭންގ ބުނީ އޭނާ އެޑްމިޓްކޮށްފައިވާ 15 ދުވަހުގެ ތެރޭގައި ޔީޗަންގ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މުވައްޒަފުން އޭނާއި މެދު ބެހެއްޓި ގާތް ގުޅުމާއި ބެހެއްޓި އޯގާތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭނާވަނީ އެއީ އޭނާ ދުވަހަކުވެސް ހަދާންނެތޭނެ ދުވަސްތަކެއް ނޫންކަމަށް ވެސް ބުނެފައެވެ.

    ” އަހަރެން ހޮސްޕިޓަލުގައި އެޑްމިޓްކުރީމައި ވަރަށް މާޔޫސްވި. އެޑްމިޓްކުރީ އާއިލާގެ އެއްވެސް މީހަކަށް އަހަންނާއި ބައްދަލުނުކުރެވޭގޮތަށް. ވަރަށް ހިތްދަތިވި ހިތަށް ނާރާ އެބުރި އަންނާނެކަމަކަށް. އެހެންނަމަވެސް އެހުރިހާކަމެއް ހަދާންނެތުނީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އެހީތެރިކަން ފެނުމުން. ވަރަށް ހެޔޮ.ވަރަށް އަޅާލާ ހޮސްޕިޓަލަުގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންވެސް. އެބެއްހެއްޓި އޯގާތެރިކަން ދުވަހަކުވެސް ހަދާން ނުނެތޭނެ.” ވޭންގ ބުނެފައިވެއެވެ.

    ވޭންގއަކީ މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިބަލިން މުޅިން ރަނގަޅުވި އުމުރުން އެންމެ ދުވަސްވީ މީހާއެވެ.

    އަދި މިވައިރަސްގެ ސަބަބުން ނިމިގެންދިޔަ ބުދަދުވަހު އެކަނިވެސް 73 މީހުން މަރުވެފައިވާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފިއެވެ. މިއީ، ވައިރަސް ފެތުރެން ފެށިފަހުން އެއްދުވަހެއްގައި އެންމެ ގިނަމީހުން މަރުވިކަން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ވައިރަސްގެ ސަބަބުން ޗައިނާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 563 އަށް އަރާފައެވެ. އަދި ހޮންގްކޮންގާއި، ފިލިޕީންސުން މަރުވި ދެމީހުންނާއެކު މި ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 565 އަށް އަރާފައެވެ.

    ކޮރޯނާ ވައިރަސް ފެތުރެމުންދާ ބާރުމިނުގެ ސަބަބުން ޗައިނާގެ އެތައް ސިޓީއަކުން މީހުންނަށް ބޭރަށް ނުދެވޭގޮތަށް ބަންދުކޮށްފައިވާއިރު ޗައިނާގައި ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީއާއި ހޫބޭ ޕްރޮވިންސްގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމުގެ މަސައްކަތް ގައުމުތަކުން ވަނީ ފަށާފައެވެ.

    އަނެއްކޮޅުން، ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް ހޯދުމުގެ މަސައްކަތްވެސް ދުނިޔޭގެ ގައުމުތަކުން މިހާރުވަނީ މެކުހަށް ޖަހާފައެވެ.

    ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ސަތޭކައަށްވުރެ ގިނަ ތަޖުރިބާކާރުން މިމަހުގެ 11-12 އަށް ޖެނީވާގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ހެލްތު އެކްސްޕާޓުންގެ ޓީމެއް ވަރަށް އަވަހަށް ޗައިނާއަށް ދާނޭ ކަމަށް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

    ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްއާ ދެކޮޅު ބޭހެއް ނުވަތަ ވެކްސިނެއް ހޯދުމަށް ރިސާޗްތައް އަވަސްކޮށް، މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ތަޖުރިބާކާރުން ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނޭ ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.