Fri, 28 February, 2020, 4:41 pm
ވައިރަހާ ދެކޮޅަށްކުރާ ހަނގުރާމަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ޒީ

ޗައިނާއިން ފެތުރެން ފެށި ކޮރޯނާވައިރަހާ ދެކޮޅަށް އެގައުމުން ކުރަމުންދާ ހަނގުރާމަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޗައިނާގެ ރައީސް ޒީ ޖިންގްޕިންގް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ޒީ ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އަދި ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ކުލިނިކަލް ތަހުލީލުތަކުން ދެނެގަނެވިފައިވާ ބޭސްތައް އުފެއްދުން ވެސް ހަލުވިކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޒީ އިތުރަށް ވިދާޅުވީ، ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަދިވެސް ގިނަ ކަމަށެވެ.

ޒީ މިގޮތަށް ވިދާޅުވެފައި މިވަނީ، އިއްޔެ އެކަނިވެސް ކޮރޯނާވައިރަސް ޖެހިގެން 3000 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކުރެވި އެރޯގާގައި ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނިކޮށެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 40،000 އަށްވުރެ މައްޗަށް އަރާފައިވާއިރު އެބަލީގައި އެގައުމުން އެކަނިވެސް 908 މީހުން ވަނީ މަރުވެފައެވެ.

Leave a comment

Your email address will not be published.