Fri, 28 February, 2020, 4:36 pm
ކޮރޯނާ ވައިރަސްގައި އިއްޔެ އެކަނި ވެސް 108 މަރު! މަރުވި މީހުންގެ ޖުމްލަ ހާހުން މައްޗަށް

ޗައިނާއިން ފެތުރެން ފެށި ކޮރޯނާވައިރަސް ޖެހިގެން އިއްޔެ އެކަނި ވެސް 108 މީހުން މަރުވެއްޖެއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައ ޗައިނާގެ ވުހާން ސިޓީން ވައިރަސް ފެތުރެން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު މަރުވި 108 މީހުންނާއެކު ޗައިނާއިން އެކަނިވެސް އެރޯގާގައި މަރުވި މީހުންގެ އަދަދު 1016 އަށް އަރާފައިވާ ކަމަށެވެ.

އޭގެ އިތުރުން ވައިރަސް އަށް އިއްޔެ އެކަނިވެސް 2478 މީހަކު ޕޮޒިޓިވްވިއިރު، ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 42638 އަށް އަރައިފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި، މިހާ ގިނަ އަދަދެއްގެ މީހުން އެއް ދުވަހެއްގައި މަރުވުމާއި ގުޅިގެން ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ހުބޭ ޕްރޮވިންސްގެ ސީނިއާ ދެ އޮފިޝަލުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ވަކިކުރި ދެ އޮފިޝަލުންނަކީ ހުބޭގެ ހެލްތު ކޮމިޝަންގެ ޕާޓީ ސެކްރެޓަރީ ޒަންގް ޖިން އާއި ހުބޭ ޕްރޮވިންޝަލް ހެލްތު ކޮމިޝަންގެ ޑިރެކްޓަރު ލިންގް ޔިންގްޒީއެވެ.

Leave a comment

Your email address will not be published.