• Sun, 5 July, 2020, 3:28 am

  ބާލާކޯޓު ހާދިސާއަށް އަށް އަހަރު: އިންޑިޔާ ކުރި ހޯދައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ޕާކިސްތާންގެ އަޑީދައުލަތުން ވަނީ ޕުލްވާމާ ގެ ހަމަލާ ދިނުމަށް ވަރަށް ބޮޑު ރިސްކެއް ނަގާފައެވެ. ކަޝްމީރު މައްސަލަ ހައްލުކުރުމަށް 2017 އިން ފެށިގެން އިންޑިޔާއިން އަޅަމުން ދިޔަ ފިޔަވަޅުތަކުން ޕާކިސްތާން އޮތީ ނުތަނަވަސް ކަމެއްގައެވެ. ޕާކިސްތާނުން ބޭނުންވީ މިމަސައްކަތަށް ހުރަސް އެޅުމަށް 2019 ގެ ކުރީކޮޅު ފިޔަވަޅެއް އަޅާށެވެ. ޕާކިސްތާނުން މިފަދަ ކަމަކަށް ފައިނަގައިގަތް ސަބަބު ބަލާލަން ޖެހެއެވެ.

  1989 އިން ފެށިގެން ޕާކިސްތާނުން ފަށާފައިވަނީ ތަފާތު އުކުޅުތައް ބޭނުން ކޮށްގެން ކުޑަވަރެއްގެ ހަނގުރާމައެކެވެ. ޕާކިސްތާނުން ނިއުކްލިއަރ ބާރުވެރިކަމުގެ ދަޅަވެސް ދެއްކިއެވެ. އަދި ކަޝްމީރުގެ މައްސަލައިގެ ތެރެއަށް އެހެން ފަރާތްތައް ވައްދައި މިއީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށް ދައްކަން ޕާކިސްތާނުން ބޭނުންވިއެވެ. އިންޑިޔާއާއި ޕާކިސްތާން ދެމެދު ސޮއިކޮށްފައިވާ ޝިމްލާ އެގްރިމެންޓުގައި ބުނާ، ކަޝްމީރު މައްސަލައަކީ، ދެގައުމުގެ ދެމެދުގެ މައްސަލައެއް ކަމަށް ބުނާ ވާހަކައަށް ޕާކިސްތާން ސަރުކާރުންވެސް އަދި ޕާކިސްތާން ސިފައިންވެސް އިޙްތިރާމް ކޮށްފައެއް ނުވެއެވެ. އެއަށްފަހު ދެގައުމުންވެސް ނިއުކްލިއަރ ބާރަކަށް ވުމާއެކު ޕާކިސްތާނުން ކެރިގެން އިންޑިޔާއާ ކުރިމަތިލާން ނިކުތެވެ. ކާރްގިލްގެ ހަނގުރާމަ 1999 ގައި ފެށިއެވެ. އަދި އޭގެފަހުން 2001 ވަނަ އަހަރު އިންޑިއާގެ ޕާލަމެންޓަށް ހަމަލާ ދިނެވެ.

  ޕާކިސްތާނަށް ހީވެގެން ދިޔައީ ނިއުކްލިއަރ ބާރަކަށް ވެގެން ދިއުމުން އިންޑިޔާއިން ރައްްދު ފިޔަވަޅެއް އެޅުމަށް ފަސްޖެހޭނެ ކަމަށެވެ. މި ނުތަނަވަސްކަމުގެ މަތީގައި ދުވަސްތައް ދަމުންގޮސް، އޭގެ ހަތް އަހަރުފަހުން ޓެރަރިސްޓުން މުމްބާއީއަށް ހަމަލާ ދިނެވެ. އަދި މިހަމަލާއަށް ފަހުވެސް ފެށިގެން ދިޔައީ އަނެއްކާވެސް އިންޑިޔާއިން ރައްދު ހަމަލާއެއް ދިނުމަށް ފަސްޖެހުނު ތަނެވެ.

  ޕާކިސްތާނުން އިންޑިޔާގައި ޓެރަރިސްޓުން އިންދައިގެން ދެމުންދާ ދާ ހަމަލާތައް އައުގޮތަކަށް ބަދަލުވެފައިވާތަން ފެނިފައިވަނީ 2013 ގައެވެ. ޕާކިސްތާން އައިއެސްއައި އާއި ސިފައިން ބަލަހައްޓަމުންދިޔަ އެމީހުންގެ އަމިއްލަ ހަނގުރާމަވެރިންގެ ކޮންޓްރޯލް އެމީހުނަށް ގެއްލުނެވެ. ހަމައެއާއެކު 2015 ގައި އިންޑިޔާއަށްވެސް މަޖުބޫރުވީ، ބައެއް ސިޔާސަތުތަށް ބަދަލުކޮށްލާށެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ހިންގެވި ސިޔާސަތުން ސިފައިން އޭނާ ދެކެވެސް ނުރުހުން ވިއެވެ. 2016 ވަނަ އަހަރު ޕާކިސްތާނުން މަދަދު ލިބިގެން ޓެރަރިސްޓުން ޕަޓާންކޯޓަށް ހަމަލާދިނެވެ. އަދި ހަމަ އެއަހަރުގެ ފަހުކޮޅު އޫރީއަށް ދިން ހަމާލާއާއި ނަގްރޯޓާއަށް ދިން ހަމަލާތައް އިންޑިއާ ސިއްސަމުން ދިޔައެވެ.

  2016 ގައި އިންޑިޔާއިން ސަރަހައްދު މަތީގައި އަސްކަރީ ހަރަކާތްތައް އިތުރުކުރިއެވެ. އަދި އަވަސް ކުއްލި ރައްދު ހަމަލާތަކެއްވެސް ދިނެވެ. 2016 އާއި 2017 ގައި ޕާކިސްތާނުން ޓެރަރިސްޓުން މެދުވެރިކޮށް ހަމަލާތަށް ދިނުމުގައި ކާމިޔާބު ވިނަމަވެސް އިންޑިޔާއިން އޮޕަރޭޝަން އޯލް އައުޓް ފެށިފައެވެ. އިންޑިޔާއިން ބޭނުންވީ ޓެރަރިޒަމަށް ހިތްވަރުދޭ މީހުންނާއި އެފަދަ ވިސްނުމާއި ފިކުރު ފަތުރާ މީހުންނާއި އަދި މިފަދަ ފަރާތްތަކަށް މާލީ އެހީތެރިކަންދީ، އެމީހުންގެ މަސްލަހަތާއި މުއާސަލާތު ބަލަހައްޓާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅޚު އަޅައި ބާރު ކަނޑުވާލާށެވެ. މިމީހުންނަކީ ޕާކިސްތާންގެ އިންޓަރސްޓޭޓް ޕަބްލިކް ރިލޭޝަން އެޖެންސީގެ މަދަދު ލިބިގެން ހަރަކާތްތެރިވާ މީހުންނެވެ.

  މިފަދަ މައްސަލަތަކުގައި އުޅޭ އެހެން ގައުމުތަކުންވެސް، މިފަދަ ހާލަތްތަކުގައި ފިޔަވަޅު އަޅަނީ މިފަދައިންނެވެ. އިންޑިއާއިން އަޅަން ފެއްޓި ފިޔަވަޅުތަކުން ޕާކިސްތާން ސިހިގެން ދިޔައެވެ. 2018 ނިމެން ދިޔައިރު ޕާކިސްތާން އޮތީ ޓެރަރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސްގެ ގްރޭ ލިސްޓްގައި ހިމަނާފައެވެ. އެހިނދު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ދިޔައީ ޕާކިސްތާނުން އެހީލިބިގެން އޮޕަރޭޓްކުރާ މާލި ވިއުގަ ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ.

  މާޗް އެޕްރީލް 2019ގައި އާންމު އިންތިޚާބަށް އިންޑިއާ ތައްޔާރުވިއިރު ޕާކިސްތާނުން ތައްޔާރުވީ ޕުލްވާމާ ހަމަލާއަށެވެ. 12 ދުވަސްފަހުން އިންޑިއާއިން ދިން ޙަމަލާއަކީ ޕާކިސްތާނުން ޚިޔާލަށް ގެނެސްފައި އޮތް ކަމެއް ނޫނެވެ. ބާލާކޯޓުގެ ހަމަލާއާއެކު އިންޑިއާއިން ބައިނަލްއަގްވާމީ ތާއީދު ހޯދިއެވެ. އަދި ޕާކިސްތާނުން ކުރަމުން ދިޔަ މަސައްކަތުން ޕާކިސްތާނަށް ލިބިގެން ދިޔައީ އިތުރަށް ހުތުރުނަމެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ގޮވަމުން ދިޔައީ ޓެރަރިޒަމްގެ ހަމަލާތައް ހުއްޓައި ޕާކިސްތާނުން ޓެރަރިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.