Thu, 2 April, 2020, 1:05 am
ކޮވިޑް-19 : އިޓަލީގެ ސަރުކާރު މުހިންމު ފިޔަވަޅުތަކެއް އަޅައިފި

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއްގައުމު ކަމަށްވާ އިޓަލީގެ ސަރުކާރު ވަނީ އެގައުމުގެ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އަންގާ، ދަތުރުފަތުރުކުރުން ހުއްޓުވައިފައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އިޓަލީ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ހަލުވިކަމާއިއެކު އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމުގެ ސަބަބުން ބޮޑުވަޒީރު ގީސެޕޭ ކޮންޓޭ ވަނީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވާފައެވެ.

“އިތުރަށް ވަގުތެއް ނެތް. ރައްޔިތުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދެއްވާ،” އިޓަލީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ޗައިނާ އަށް ފަހު އިޓަލީ ވެފައިވަނީ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމަށެވެ. އިއްޔެއާއިހަމަޔަށް އެގައުމުން 9172 ކޭސް ފެނިފައިވާއިރު މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 463 އަށް އަރާފައެވެ. އަދި 10 މިލިއަން މީހުން ދިރިއުޅޭ މައި ސިނާޢީ ރަށް ލަމްބާޑީވެސް ހިމެނޭގޮތަށް އެގައުމުގެ 4 ސަރަޙައްދެއްގެ 12 ޕްރޮވިންސަކަށް ވަދެނުކުމެ ނޫޅުމަށްވެސްވަނީ އަންގާފައެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ ފިޔަވާ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19ގެ ކަށަވަރު ކޭސްތަކުގެ ޢަދަދުވަނީ 80859އަށް އިތުރުވެފައެވެ. އަދި ވައިރަހުގެ އަސަރުކޮށްފައިވާ ޖުމްލަ މީހުންގެ ޢަދަދުވަނީ 142823،000އަށް އަރާފައެވެ.

މުޅިން އަލަށް ވައިރަސް ފެނުނު ޤައުމުތަކުގެ ތެރޭގައި ކޮލަމްބިއާއި ވެޓިކަން ސިޓީއާއި ޕެރޫއާއި ސްލޮވޭކިއާ ހިމެނެއެވެ. އަދި 45 ޤައުމެއްގައި ގައިންގަޔަށް ބަލިފެތުރެން ފަށާފައިވާކަމަށް ދުނިޔޭގެ ސިއްޙަޠު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނެއެވެ. އެޤައުމުތަކުގެ ތެރޭގައި އައިސްލެންޑާއި ފަލަސްޠީނާއި ކެމެރޫން ހިމެނެއެވެ.

ޗައިނާގެ އިތުރުން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނު ކޮރެޔާއާއި ޖަޕާނާއި އީރާނާއި އިޓަލީވިލާތަށެވެ. ދެކުނު ކޮރެޔާއިން ވައިރަހުގެ އަސަރުކޮށްފައިވާ 7،300އަށްވުރެ ގިނަ މީހުންވަނީ ފެނިފައެވެ. ވައިރަހުގެ ސަބަބުން މިހާރު އެޤައުމުގައިވަނީ ރަތް ސަމާލު އިޢުލާނުކޮށްފައެވެ.

Leave a comment

Your email address will not be published.