• Sun, 5 July, 2020, 2:55 am
  އިންޑިއާގެ މުމްބާއީ --

  އިންޑިއާ އަބަދުވެސް އޮންނަން ޖެހޭނީ ފާރައަށް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އިންޓަނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސްއިން ޕާކިސްތާނަށް ބަލަބަލާ އޮތް ހާހިނދަކު ޕާކިސްތާނުން ހިތްވަރާއެކު އިންޑިއާއަށް ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމަކަށް ނުބެލެވެއެވެ. ޖޫން މަހު އޮންނަ މި ޖަމާއަތުގެ ބައްދަލުވުމަށް ޕާކިސްތުން ސީރިއަސް ފިޔަވަޅުތަކެއް އަޅައިފިކަން ދައްކައި ސާބިތުކޮށްދޭން ޖެހެއެވެ. ފަހަރެއްގައި އިސްލާމްއާބާދުން ގޮތް ދައްކާލުމަށްތަކައި ބައެއް ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

  2018 ވަނަ އަހަރު މި ޖަމާއަތުގެ ލިސްޓްގައި ޕާކިސްތާނު ހިމެނުނު ނަމަވެސް މިއީ އިސްލާމްއާބާދަށް އައު އެކްސަސައިޒެއް ނޫނެވެ. ޕާކިސްތާނާއެކު ބަސްނާހާ ކުދިންގެ މި ކްލާހުގައި ކުރިން އުޅެފައިވަނީ އިތިއޯޕިއާއާއި ސަރބިއާއާއި ސްރީލަންކާއާއި ސީރިއާއާއި ތްރިނިޑާދްއާއި ތޫނުސްއާއި ޔަމަންއެވެ. 2008 ގައިވެސް އަދި 2012ގައިވެސް އަދި އޭގެ ފަހުން 2015ގައިވެސް އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސްއިން ޕާކިސްތާންގެ ކަންފަތުގައި ހިފާފައި ވެއެވެ.

  މައިލޯންޑަރ ކުރުމާއި ޓެރަރިޒަމަށް ފައިސާހޭދަކުރުމަށް އެއްވެސް ގައުމެއްގެ މާލީ އިދާރާތަކުން ނުވަތަ މާލީ ދާއިރާގެ ތެރޭން ފަސޭހަކޮށްދޭނަމަ އެ ގައުމަކާ ދެކޮޅަށް މިޖަމާއަތުން ފިޔަވަޅު އަޅައެވެ. ޕާކިސްތާނުން އައި މި ޖަމާއަތުގެ ކަޅު ލިސްޓަށް އަރާފައެއް ނުވެއެވެ. އަދި އުޅެނީ ގްރޭ، އަޅި ލިސްޓްގައެވެ. ޕާކިސްތާނު، ބްލެކް ލިސްޓުވުމުން ސަމާލަތްވެފައިވަނީ ޗައިނާއާއި މެލޭޝިއާއި ތުރުކީވިލާތުގެ މަދަދުވެރިކަމާ ލައިގެންނެވެ. މިއީ ފަހަކަށް އައިސް ޕާކިސްތާނަށް އިންޑިއާއާ ދެކޮޅަށް ވާގިވެރިވާ ތިން ގައުމެވެ.

  އެއްވެސް ގައުމަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅަން ޖެހެނީ، މިފަދަ މައްސަލާތަކުގައި ބޭނުންކުރާ ފައިސާއަކީ ނަހަލާލު ފައިސާކަމަށް ވުމުންނެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިން ނުވަތަ ކޮރަޕްޝަނުން ނުވަތަ ވަގު ނޫޓް ވިއްކައިގެން ނުވަތަ ޓެކްސްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެއްކުރާ ފައިސާއެވެ. އަދި މިފައިސާ އާޚިރުގައި ނިމޭނީ ޓެރަރިސްޓުންގެ އަތްމައްޗަށް އަރައިގެންނެވެ. މާނައަކީ އެއިން މައުސޫމު އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެގެންނެވެ. ޕާކިސްތާނުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލަޝްކަރުތަކެއް ގެންގުޅެއެވެ. މި ލަޗްކަރުތަކުގެ ނަންތައް ހ.ށ.ނގެ އަކުރުތަކަށް ވުރެން ގިނައެވެ. އޜޭގައި ހައްގާނީ ނެޓްވަރކާއި، ތާލިބާނާއި، ޖައިޝޭ މުހައްމަދާއި، ލަޝްކަރޭ ތޮއްޔިބާއާއި ހިޒްބުލް މުޖާހިދީންއަކީ އަބަދުވެސް ނަން އިވޭ ޖަމާއަތްތަކެވެ.

  ޕާކިސްތާނަށް އަމިއްލަ ކަނދުރާ ސަލާމަތް ކުރާނެ ގޮތްތަކެއްވެސް ހުރެއެވެ. އިސްލާމް އާބާދުން އަސަރާއެކު ދައްކަނީ 2017 ވަނަ އަހަރު އިންސްޓިއުޓް އޮފް އިކޮނޮމިކްސް އެންޑް ޕީސްއިން އެކުލަވާލާފައިވާ ޓެރަރިސްޓުންގެ އަމަލުތަކުން އަސަރުކޮށްފައިވާ ގައުމުތަކުގެ ލިސްޓަށެވެ. މިލިސްޓްގައި ޕާކިސްތާނަކީ ޓެރަރިޒަމުން އަސަރުކޮށްފައިވާ ފަސް ވަނަ ގައުމެވެ. ޕާކިސްތާންގެ ކުރިއަށް މިތިބެނީ، އިރާގާއި އަފްގާނިސްތާނާއި ނައިޖޭރިއާއި ސިރިއާއެވެ. ޕާކިސްތާނުން މިހެން އޮތްކަމަށް ދެއްކިނަމަވެސް ޕާކިސްތާނަކީ ދުނިޔޭގެ ޓެރަރިޒަމްގެ އާރެއްކަމަށް ދުނިޔޭގެ އ ެތައް ގައުމަކުން އެތައް ރިޕޯޓެއްގައި ދައްކާފައި ވާނެއެވެ.

  ޕާކިސްތާންގެ ސަރުކާރުގެ ބާރުތައް އުފެދިގެން އަންނަ މަރުކަޒަކީ ސިފައިންނެވެ. އަދި ޕާކިސްތާނަކީ ގައމީ ސިޔާސަތެއްގެ ގޮތުގައި ޓެރަރިޒަމް ބޭނުންކުރާ ގައުމެކެވެ. ޕާކިސްތާން ސިފައިންނަކީ ސަރަހައްދު ހުރަސްކޮށް އަސްކަރީ އުކުޅެއްގެ ގޮތުގައި ޓެރަރިޒަމް ބޭނުންކުރާ ބާރެކެވެ. އެހެންވެ، ޕާކިސްތާނުން ޓެރަރިޒަމާ ދުރުވެދާނެކަމަށް ބެލުމަކީ ގޯސް ވިސްނުމެކެވެ.

  ޕާކިސްތާން ގްރޭ ލިސްޓްގައި ބޭއްވިފައި މިވަނީ، އިންޑިއާއިން ކުރި މަސައްކަތުންނެވެ. ޕާކިސްތާނުން ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑް ކުރާކަމުގެ ހެކި އިންޑިއާއިން ނުދެއްކިނަމަ ޕާކިސްތާން ސަލާމަތް ވީހެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ޕާކިސްތާނަށް ލިބޭ އިތުރު ހިތްވަރާއެކު ޕާކިސްތާންގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ޖަމާއަތްތަކަށްވެސް އެކަން ވެގެންދާނީ އިތުރުވާއްގަކަށެވެ. އަދި އިންޑިއާއަށް ސަރަހައްދު ހުރަސްކޮށް ޕާކިސްތާން ފަޅިން އަންނަ ހަމަލާތައް ހުޓުވައި ސަރަހައްދީ ރޮނގުގައި ސުލްޙަ ގާއިމުކުރުމަށް އިންޑިއާއަށް އޮތް މަގަކީވެސް މިއީއެވެ.

  މަސްއޫދު އަޒުހަރާއި ހާފިޒް ސައިދުމެންފަދަ ޓެރަރިޒަމަށް ވާގިވެރިވާ އިސްލީޑަރުން ހައްޔަރުކުރުމަކީ އަދި ކުދަ މިންވަރެކެވެ. އިންޑިއާއަށް އެތަކެއް ޓެރަރިސްޓް ހަމަލާއެއް ދީފައިވާ ދާއޫދު އިބްރާހީމްވެސް ޕާކިސްތާނުން ބަހައްޓާފައިވަނީ ހިމާޔަތުގައެވެ. އޭނާއާ ދެކޮޅަށް އަދިވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

  އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ނަގާ އެހެން މައްސަލައެއްވެސް ވެއެވެ. އިންޑިއާގެ ވަގު ނޫޓްތައް ޗާޕްކޮށްގެން އިންޑިއާގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކަށް ޕާކިސްތާނުން ހޭދަކުރާ މައްސަލައެވެ.

  މިކަމުން އިންޑިއާގައި ޖާސޫސް ކުރުމުގެ އަމަލުތައް އިތުރުކޮށް، އިންޑިއާގެ އިގްތިސާދަށް ލޮޅުން އެރުވުމަށް ޕާކިސްތާނުން މަސައްކަތް ކުރެއެވެ. މިސަބަބުތަކާ ހެދި އިންޑިއާއިން އެދެނީ ޕާކިސްތާން އިންޓަރނޭޝަނަލް އެކްޝަން ޓާސްފޯސްގެ ގްރޭ ލިސްޓްގައި ބާއްވާށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.