Thu, 2 April, 2020, 1:17 am
Workers wearing protective suits disinfect a bus as a preventive measure amid fears over the spread of the coronavirus, in Tel Aviv on March 9, 2020, . Photo by Tomer Neuberg/Flash90 *** Local Caption *** ÷åøåðä åéøåñ òæä àåèåáåñ òåáãéí áðééï çéèåé úì àáéá
ކޮވިޑް 19އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅައިފި

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އަކީ ދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފިއެވެ.

ޕެންޑެމިކް ނުވަތަ މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް ކަނޑައެޅުމަކީ ޑަބްލިޔުއެޗްއޯ އިން ބަލިތައް ލެވެލް ކުރުމުގައި ގެންގުޅޭ މިންގަނޑުގެ ތެރެއިން އެންމެ މަތީ ދަރަޖައެވެ.

ބަލިމަޑުކަން އިއުލާން ކުރައްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އިތިއޮޕިއާގެ ޓެޑްރޮސް އަދަނޮމް ވިދާޅުވީ، މިއީ ބައްޔާ ގުޅިގެން އެއްވެސް ފިޔަވަޅުތަކެއް އަޅަމުން ނުދާ ގައުމަކަށް އޮތް އިންޒާރެއް ކަމަށެވެ. އަދި ބަލި ފެތުރިގެންދާ ހަލުވިކަމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ބާރު އަޅުއްވައިފައެވެ.

“ޕެންޑެމިކް އަކީ ލުއިކޮށް ނުވަތަ ފަރުވާކުޑަކޮށް ނަގައިގެންވާނެ ބަހެއް ނޫން. އެ ބަހަކީ ނުރަނގަޅު ގޮތުގައި ބޭނުން ކޮށްފިނަމަ ހާސްވުމާއި އަދި އެ ވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނާކާމިޔާބު ވެއްޖެކަން ބައެއް ގައުމުތަކަށް ހީވެ، އޭގެ ސަބަބުން އިތުރު ހިތްދަތިކަމާއި މަރުތައް ގިނަވެދާނެ ކަމެއް،” ޓެޑްރޮސް އަދަނޮމް ވިދާޅުވިއެވެ.

ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައެޅިއިރު، އެ ޖަމިއްޔާއިން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެ ބައްޔަކީ ދުނިޔޭގެ ސިއްހަތު އެމަޖެންސީއެއް އިއުލާން ކޮށްފައެވެ. އެއީ ޗައިނާ އިން އެ ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޗައިނާއިން ފެތުރެންފެށި ކޮވިޑް 19 ދުނިޔޭގެ 114 ގައުމަކަށް ފެތުރި، މުޅި ދުނިޔެއިން މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެ ބަލި 120،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.

Leave a comment

Your email address will not be published.