Thu, 2 April, 2020, 2:27 am
ކޮވިޑް-19 އިންޑިއާއިން 93މީހުން ޕޮޒިޓިވް ވެއްޖެ

އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މި ބައްޔަށް 93 މީހަކު މިހާރު ޕޮޒިޓިވްވެ ދެ މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ކަމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް މަރުވި ދެމީހުންގެ ތެރެއިން އެކަކު ނިއުދިއްލީން މަރުވެފައިވާއިރު އަނެއްމީހާ މަރުވެފައިވަނީ ކަރްނާޓަކާ އިންނެވެ.

ކަރްނާޓަކާގެ އިތުރުން އިންޑިއާގެ 12 ސްޓޭޓަކުން މި ބައްޔަށް 31 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެގައުމުގެ ގިނަ ޢަދަދެއްގެ ވައިގެދަތުރުތައްވަނީ ހުއްޓާލާފައެވެ. އަދި ގިނަ ސަރަޙައްދުތަކުގެ މަދަރުސާތަކާއި ސިނަމާތަކާއި އާންމުން އެއްވެއުޅޭ އެހެނިހެން ތަންތަންވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލްތައްވެސް ހިމެނެއެވެ.

ކޯވިޑް-19 މިހާތަނަށްވަނީ ދުނިޔޭގެ 126 ޤައުމަކާއި ސަރަޙައްދަކުން ފެނި، 4،600އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

Leave a comment

Your email address will not be published.