Thu, 2 April, 2020, 2:02 am
މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީއަށް ވަދެ ނަމާދު ކުރުން މަނާކޮށްފި

ރިޔާދު – ސައުދީ އަރަބިއާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް، މަސްޖިދުލް ހަރަމް އާއި ކީރިތި ރަސޫލާގެ މިސްކިތް ނުވަތަ މަސްޖިދުލް ނަބަވީގެ ބޭރުގައި ނަމާދު ކުރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

ސައުދީ ސަރުކާރުން އެގޮތަށް ނިންމާފައިރު، މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީ ފިޔަވައި އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ކުރުން މީގެ ކުރިން ވަނީ މަނާކޮށްފައެވެ.

ސައުދީގެ އިސްލާމިކް މިނިސްޓަރު އަބްދުލްއާތިފް އަލް ޝެއިހް އެގައުމުގެ ދައުލަތުގެ ޓީވީއަށް ކުރިން ވިދާޅުވެފައިވަނީ، މިސްކިތްތައް ބަންދުކުރި ނަމަވެސް ގޭގައި ނަމާދު ކުރުމަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތަކުގެ ހިނަވާގެތައް ވެސް ހުޅުވާފައި ހުންނާނެ ކަމަށާއި ނަމަވެސް އެތަންތަނަށް ވަދެވޭނީ ހުއްދަދެވޭ މަދު ބަޔަކަށް ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން މިސްކިތްތަކުގައި ކަށު ނަމާދު ކުރުމުގެ ބަދަލުގައި ކަށު ނަމާދު ކުރަން އަންގާފައިވަނީ ވެސް ސަހަރާތަކުގައެވެ.

ސައުދީގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ މުހިންމު ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އުމްރާގެ އަޅުކަން އަދާކުރުން މަނާކޮށް، ހުރިހާ ބައިނަލްއަގްވާމީ ފްލައިޓުތަކެއް ސައުދީއަށް އައުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

އޭގެ އިތުރުން ސުކޫލްތައް ބަންދުކޮށް، ސިއްހީ ދާއިރާ އާއި އަސްކަރިއްޔާ އަދި ސެކިއުރިޓީ ސެކްޓަރު ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވަނީ ބަންދުކޮށްފައެވެ.

Leave a comment

Your email address will not be published.