Thu, 4 June, 2020, 12:15 am
ކޮވިޑް 19އާ ކުރިމަތިލުމަށް ޖެކް މާގެ އެހީ ރާއްޖެ އަށާއި ސަރަހައްދީ ގައުމުތަކަށް
50

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެ އަށާއި ސަރަހަައްދީ ގައުމުތަކަށް ބޭނުންވާ އެމަޖެންސީ ސްޕަލައިސް ފޯރުކޮށްދޭން އޭޝިއާގެ އެންމެ މުއްސަނދި މީހާ، ޗައިނާގެ ޖެކް މާ ނިންމައިފިއެވެ.

މަޝްހޫރު ކުންފުނި އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އަފްގާނިސްތާން، ބަންގުލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއަށް އެމަޖެންސީ ސަޕްލައިސް ފޯރުކޮށްދޭނެ ކަމަށެވެ.

ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ހިމެނެނީ 1.8 މިލިއަން މާސްކާއި 210،000 ޓެސްޓު ކިޓާއި 36،000 ޕްރޮޓެކްޓިވް ސޫޓާއި ވެންޓިލޭޓަރު އަދި ތާމާމީޓަރެވެ.

ޖެކް މާ ވިދާޅުވީ، އެތަކެތި އަވަހަށް ޑެލިވަރީ ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރާނެ ކަމަށެވެ.

ޖެކް މާގެ ފައުންޑޭޝަނުން ވަނީ ކޮވިޑް 19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީއަށް ވެސް މެޑިކަލް ސަޕްލައިސް ފޯރުކޮށްދީފައެވެ. އަދި އިތުރު މާސްކާއި ޓެސްޓު ކިޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

އޭގެ އިތުރުން ޖެކް މާ ވަނީ އެފްރިކާގެ 54 ގައުމަކަށް 20،000 ޓެސްޓު ކިޓާއި އެއްލައްކަ މާސްކު އަދި 1000 މެޑިކަލް ޔޫތް ޕްރޮޓެކްޓިވް ސޫޓާއި ފޭސް ޝިލްޑު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 18 ވަނައިގައި ހިމެނޭ ޖެކް މާގެ މިލްކިއްޔާތަކީ 42.3 ބިލިއަން ޑޮލަރެވެ.

Leave a comment

Your email address will not be published.