Thu, 4 June, 2020, 12:33 am
މެދުނުކެނޑި 35 ދުވަސް ވަންދެން ކޮވިޑް 19އާ ހަނގުރާމަ ކުރި ޑޮކްޓަރަކު މަރުވެއްޖެ
711

މެދުނުކެނޑި 35 ދުވަސް ވަންދެން ކޮރޯނާވައިރަހާ ހަނގުރާމަ ކުރަމުންދިޔަ ޗައިނާގެ ޒުވާން ޑޮކްޓަރަކު ސްޓްރޯކެއް ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ހޭނައްތާ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑޮންގް ޓިއާން މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހުބޭގައި ހުންނަ ހޮސްޕިޓަލެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑރ. ޓިއާން ހުބޭ ޕްރޮވިންސްގައި ކޮވިޑް 19 ފެތުރެން ފެށުމުން އަމިއްލަ އިސްނެގުމުގެ މަތިން އެ ބައްޔާ ހަނގުރާމަކުރަން ނުކުތް ޑޮކްޓަރެކެވެ.

އެގޮތުން މެދުނުކެނޑި 35 ދުވަހު ވައިރަހާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރުމަށްފަހު ޑރ. ޓިއާންއަށް ހުސް ދުވަހެއް ލިބުނީ ފެބްރުއަރީ 29 ގައެވެ. އެދުވަހުން ފެށިގެން ޑޮކްޓަރު ހުރީ އައިސޮލޭޝަންގައި ބަހައްޓައިފައެވެ.

ނަމަވެސް އައިސޮލޭޝަންގައި ހުއްޓާ މިމަހުގެ ތިން ވަނަ ދުވަހު ކުއްލިއަކަށް ބޮލުގައި ރިއްސައިގަނެ ވާހަކަ ދައްކަން އުދަނގޫވުމަށްފަހު ހޭނެތިގެން ވެއްޓުނެވެ.

ޑޮކްޓަރު މަރުވެފައިވަނީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި 19 ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. މަރުވިއިރު ޑޮކްޓަރުގެ އަތްބަނކާއި ބަލި ބައްޕައެއް ދުނިޔޭގައި އެބަތިއްބެވެ.

ޑރ. ޓިއާންގެ ހަށިގަނޑު އޭނާގެ އުފަން ސިޓީ، ޑަންގްޔަންގަށް ގެންދިއުމުން އެ ސިޓީގެ ރައްޔިތުން ވަނީ ޑރ. ޓިއާންއަކީ އެންޓި ކޮރޯނާވައިރަސް ބަތަލެއް ކަމަށް ލިޔެފައިވާ ބެނާތަކާއެކު މަގުތަކަށް ނުކުމެފައެވެ.

Leave a comment

Your email address will not be published.