Fri, 5 June, 2020, 12:27 pm
މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުންކޮށްފި
0

މުޅި އިންޑިއާ މިރޭ 12 އިން ފެށިގެން 21 ދުވަހަށް ލޮކްޑައުން ކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ގައުމީ މުހާތަބު ކުރައްވައި މޯދީ ދެއްވި ދެވަނަ ތަގުރީރުގައި ވިދާޅުވީ، 21 ދުވަހަކީ ވަރަށް ގިނަ ދުވަސް ކަމަށާއި ނަމަވެސް މިއީ ސިއްހީ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

އަދި 21 ދުވަހު ގޭގައި މަޑުނުކޮށްފިނަމަ 21 އަހަރަށް ގައުމު ފަހަތަށް ސޮއްސާލައި ބައެއް އައިލާތައް ދާއިމަށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވިދަޅުވިއެވެ.

“21 ދުވަހުގެ ތެރޭ އަޅުގަނޑުމެންނަށް މި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަޅުގަނޑުމެން 21 އަހަރު ފަހަތަށް ދާން ޖެހިދާނެ،” މޯދީ ވިދާޅުވިއެވެ.

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ވަނީ 14 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައެވެ.

އިންޑިއާގެ 519 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ.

Leave a comment

Your email address will not be published.