Thu, 28 May, 2020, 4:40 pm
ލަންކާއިން ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
9

އަވަށްޓެރި ސްރީ ލަންކާ އިން ކޮވިޑް 19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ސިއްހީ ދާއިރާގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ، އުމުރުން 60 އަހަރުގެ އެ މީހާއަކީ ލަންކާއިން ދެވަނައަށް ކޮވިޑް 19 ޖެހުނު މީހާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ އަންގޮޑާގައި ހުންނަ އިންފެކްޝަންސް ޑިޒީސް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ބުނެފައިވެއެވެ.

އެޕިޑެމިއޮލޮޖީ ޔުނިޓުން ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ފެނުނު އެ މީހާ ވަނީ 17 މީހަކާ ކޮންޓެކްޓު ވެފައެވެ.

ލަންކާއިން މިހާތަނަށް 110 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ވައިރަސް ކޮންޓެކްޓުވެފައިވަ ކަމަށް ތުހުމަތު ކުރެވޭ 199 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

Leave a comment

Your email address will not be published.