Thu, 28 May, 2020, 5:25 pm
ލަންކާގެ މަގެއްގެ މަތީގައި އެގައުމުގެ ސިފައިން ފޯރިމަރަނީ --
ލަންކާ ކާފިއުއާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 508 މީހަކު ހައްޔަރުކޮށްފި
19

ލަންކާގައި އިއުލާން ކޮށްފައިވާ ކާފިއުއާ ހިލާފުވެގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 508 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ލަންކާ ފުލުހުންގެ މީޑިއާއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު 6:00 އިން މިއަދު ހެނދުނު 6:00 އާދެމެދުއެވެ.

މި އަދަދާއެކު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ލަންކާގައި އިއުލާން ކޮށްފައިވާ ކާފިއުއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 7358 މީހުންނަށް އަރައިފައެވެ.

ލަންކާގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ކާފިއުއާ ހިލާފުވާ މީހުން އަމުރެއް ނެތި ވަގުތުން ހައްޔަރު ކުރެވޭނެ ކަމަށާއި އަދި އެމީހުން ދޫކޮށެއް ވެސް ނުލާނެ ކަމަށެވެ. އަދި އެމީހުންނާމެދު ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ސްރީ ލަންކާއިން 122 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު 15 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެގައުމުން ދެ މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

Leave a comment

Your email address will not be published.