Thu, 28 May, 2020, 12:18 pm
ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށް!
0

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށް އަރައިފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައި މިވަނީ ތިން މަސް ތެރޭގައެވެ.

ކޮވިޑް 19ގެ ތަފާސް ހިސާބުތައް އަޕްޑޭޓް ކުރަމުންދާ ވޯލްޑމީޓާސް އިން ބުނާ ގޮތުގައި 1،002،251 މީހުންނަށް އެބަލި ޖެހިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ. އެގައުމުން އެކަނިވެސް 236،000 އަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާ ކަމަށް ހިސާބުތައް ދައްކައެވެ.

ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ މިހާތަނަށް އެބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި އިޓަލީންނާއި ސްޕެއިނުންނެވެ.

އެގޮތުން އިޓަލީން 115،000 އަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާއިރު 14،000 އާގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. ސްޕެއިނުން އެބަލި ޖެހިފައިވަނީ 110،000 އަށްވުރެ ގިނަ މީހުންނަށެވެ. ނަމަވެސް އެބަލީގައި 10،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބަލި ފެނުނު އަދި އެންމެ ހަލުވިކަމާއެކު ފެތުރުނު ޗައިނާ އިން މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ ކޮވިޑް 19ގެ 81،000 ކޭސްއެވެ.

Leave a comment

Your email address will not be published.