Thu, 28 May, 2020, 6:17 pm
ލަންކާގައި ކޮވިޑަށް ޕޮޒިޓިވްވި ހަތަރު މަހުގެ ކުއްޖަކު ބަލިން ރަނގަޅުވެއްޖެ
2

ސްރީ ލަންކާގައި ކޮވިޑް 19 ޖެހުނު ހަތަރު މަހުގެ ކުއްޖާ އެބަލިން ރަނގަޅުވެއްޖެއެވެ. މިއީ މިހާތަނަށް ލަންކާގައި އެބަލި ޖެހުނު އެންމެ ކުޑަ ކުއްޖާއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މިކުއްޖާއާއެކު އެ އާއިލާގެ ހަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވިއެވެ.

އެ އެންމެންނަށް ވެސް ފަރުވާ ދީފައިވަނީ އަންގޮޑާގައި ހުންނަ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައެވެ. އަދި ކުޑަ ކުއްޖާއާއެކު އާއިލާގެ ތިން މީހަކު ފަރުވާއަށްފަހު ބަލިން ރަނގަޅުވުމުން މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކޭސްއާ ގުޅިގެން އާއިލާއާ ކޮންޓެކްޓުވި 20 މީހަކު ވަނީ ސެލްފު ކަރަންޓީން ވުމަށް އަންގައިފައެވެ.

ލަންކާއިން މިހާތަނަށް 210 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު ހަތް މީހަކު ވަނީ އެބަލީގައި މަރުވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 56 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Leave a comment

Your email address will not be published.