Thu, 28 May, 2020, 4:57 pm
ލަންކާގައި ދެ ކުއްޖަކު ވަޅަށް ވައްޓާލައި މަރާލިކަމުގެ ތުހުމަތަށް ބައްޕަ ހައްޔަރުކޮށްފި
30

ލަންކާގެ ބަޓިކަލޯގައި ކުޑަ ދެ ކުދިން މަރާލި މައްސަލައެއްގައި އެކުދިންގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ނިއުސްވަޔާގައި ބުނެފައިވަނީ، މިއަދު ހެނދުނު ހުށަހެޅުނު އެ މައްސަލާގައި މަރާލާފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކާއި ހަތް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ދެކުދިން މަރާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެކުދިން އުޅޭ ގޭގައި ހުންނަ ފެން ވަޅަކަށް ވައްޓާލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

އެ ނޫހުން ބުނީ، އެކުދިންގެ ހަޅޭކު އަޑަށް އެ އަވަށުގައި އުޅޭ މީހުން އެކުދިން ވައްޓާލި ވަޅު ކައިރިއަށް ޖަމާވި ކަމަށާއި ނަމަވެސް އެކުދިން ވަޅުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ކުދިން އުޅެނީ މަންމައާ ވަކިންނެވެ.

Leave a comment

Your email address will not be published.