Thu, 28 May, 2020, 5:01 pm
ޒޫމް ބޭނުން ކުރަންތަ؟ ގިނަ ގައުމު ތަކެއްގައި މިހާރު މަނާކޮށްފި
10

ޗައިނާއިން އުފައްދާފައިވާ ސޮފްޓްވެއާ އެއްކަމުގައިވާ ޒޫމް ބޭނުން ނުކުރުމަށް ގިނަ ގައުމުތަކުން ނިންމައިފިއެވެ.

ޗައިނާއިން އުފެދިގެން އައި ކޮރޯނާވައިރަސްއާ ގުޅިގެން މީހުން ގޭގައި ތިބެގެން އޮފިސް ހިންގުމާއި ލޮކްޑައުންއެއްގައި ތިބުމުން މީހުން ވާޗުއަލްކޮށް މީހުންނާ ބައްދަލުކޮށްލުމަށް ޒޫމް ބޭނުންކުރުމުން ޒޫމްގެ މަގްބޫލުކަން ވަނީ އިންތިހާއަށް މަތިވެގެން ގޮސްފައެވެ.

ނަމަވެސް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓް ކުރިގޮތުގައި އެމެރިކާގެ ސެނެޓުން މެންބަރުންނާއި ސްޓާފުންނަށް ވަނީ މީޓިންތައް ބޭއްވުމަށް ޒޫމް ނޫން އެހެން ޕްލެޓްފޯމެއް ހޯދުމަށް އަންގައިފައެވެ. އެއީ ޒޫމްގައި މީހުން ބައްދަލުންތަކުގައި ތިއްބައި ނޭންގޭ ފަތާތްތަކުން ވެސް އެ މީޓިންތަކަށް ވަންނަކަމުގެ ޝަކުވާ އާއި ޗައިނާ ސަރުކާރަށް ޒޫމްއިން މައުލޫމާތު ދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

މިކަންކަމާ ގުޅިގެން ގޫގަލްއިން ވެސް ވަނީ އެކުންފުނީގެ ޑެސްކްޓޮޕް ވާޝަންތަކުގައި ޒޫމް ބޭނުންނުކުރެވޭ ގޮތް ހަދައިފައެވެ. އަދި ޓައިވާނާއި ޖަރުމަންވިލާތުން ވަނީ ޒޫމް ގެންގުޅުމަށް ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އަދި ސްޕޭސް އެކްސްގެ އޭލޯން މަސްކް ވެސް ވަނީ އޭނާގެ ކުންފުނިތަކުގައި ވެސް ސަލާމަތީ ސަބަބުތަކާ ހެދި ޒޫމް ބޭނުންކުރުން މަނާކޮށްފައެވެ.

މީގެ އިތުރުން އެތައް ބަޔަކު ވެގެން ވަނީ ޒޫމްއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ވައްދާފައެވެ. އެމެރިކާގެ ސްކޫލުތަކުގައި ވެސް ޒޫމް ބޭނުންކުރުން މަނާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަންތައްތަކަށް ފަހު ގޫގަލް ހޭންގްއައުޓް މިހާރު ވަނީ ގޫގްލް މީޓްއަށް ބަދަލުކޮށްފައެވެ.

ކުރެވޭ ތުހުމަތުތަކަށް ޒޫމް ކުންފުނިން ވެސް ވަނީ މީގައި ކޮންމެ ވެސްވަރެއްގެ ތެދެއް ހިމެނޭ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޗައިނާ ފިޔަވައި އެހެން ތަންތަނުގެ ޑޭޓާ ޒޫމްއިން ރައްކާކުރަނީ ޗައިނާއިން ބޭރުގައި ކަމަށް އެކުންފުނިން ބުނެއެވެ. ސަލާމަތީ ކަންތައްތަކާ ގުޅިގެން ޒޫމް ހޫނުފެނަށް ވެއްޓުމާ ގުޅިގެން ޒޫމް އިން ވަނީ ފޭސްބުކްގެ ކުރީގެ ސެކިއުރިޓީ ޗީފް އަލެކްސް ސްޓެމޯސް މުސްތަޝާރެއްގެ ގޮތުގައި ނަގާފައެވެ.

Leave a comment

Your email address will not be published.