Thu, 28 May, 2020, 3:53 pm
ރާއްޖޭގައި ތާށިވެފައި ތިބި ލަންކާގެ 300 މީހުން އަނބުރާ ގައުމަށް ގެންގޮސްފި
11

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި ސްރީ ލަންކާގެ 300 މީހުން އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

ސްރީލަންކަން އެއާލައިންސްގެ މީޑިއާ ތަރުޖަމާން ދީޕަލް ޕެރޭރާއާ ހަވާލާދީ ލަންކާގެ ނޫހެއް ކަމަށްވާ ކޮލޮމްބޯ ގެޒެޓްގައި ބުނެފައިވަނީ، އެމީހުން ލަންކާއަށް ގެންދިޔައީ ސްރީލަންކަން އެއާލައިންސްގެ ހާއްސަ ފްލައިޓެއްގައެވެ.

އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ލަންކާގެ ރައްޔިތުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވެގެން އެދެމުން އަންނަ މީހުން ގެންދިއުމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެންދިޔަ މީހުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކަންގެ ޗާޓަރު ފްލައިޓުގައި ރާއްޖޭގައި ތާށިވެފައި ތިބި ޕާކިސްތާނުގެ 43 މީހަކު ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އެކި ގައުމުތަކުގެ މީހުން ބަލައި އެ ގައުމުތަކުން އަންނަނީ ރާއްޖެއަށް ހާއްސަ ޗާޓަރު ފްލައިޓުތަކެއް ބާއްވަމުންނެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ވަނީ އެފަދަ މީހުން ގެންދިއުމަށް ހާއްސަ ފްލައިޓުތަކެއް ބާއްވައިފައެވެ.

Leave a comment

Your email address will not be published.