Thu, 28 May, 2020, 3:59 pm
އެމެރިކާ އިން އިންޑިއާއަށް ވެންޓިލޭޓަރު ފޮނުވަން ނިންމައި، އެކުގައި ވެކްސިނެއް އުފައްދަނީ
4

ކޮވިޑް 19 އާ ގުޅިގެން ކާރިސާއެއް ކުރިމަތިވެފައި އޮތް ނަމަވެސް އެމެރިކާ އިން އިންޑިއާއަށް ވެންޓިލޭޓަރު ހަދިޔާ ކޮށްދެއްވާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އާއި އެމެރިކާ ގުޅިގެން ވެކްސިނެއް އުފެއްދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެކުގައި ނުފެންނަ ދުޝްމަން ބަލި ކުރެވޭނެ ކަމަށެވެ.

“ފަހުރުވެރިކަމާއެކު އިއުލާން ކުރަން ބޭނުން އިންޑިއާގައި ތިބި އެކުވެރިންނަށް އެމެރިކާ އިން ވެންޓެލިޓޭޓަރު ހަދިޔާކޮށްދޭނަން. މި ކާރިސާގައި އެމެރިކާ އިން އޮތީ އިންޑިއާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު،” ޓްރަމްޕްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އެމެރިކާ އިން އިންޑިއާ އަށް ވެންޓިލޭޓަރު ހަދިޔާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް މީގެ މަހެއް ކުރިން އިންޑިއާ އިން ވަނީ ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ހައިޑްރޮކްސީކްލޮރޯކްގެ ޝިޕްމަންޓެއް އެމެރިކާ އަށް ފޮނުވައިފަ އެވެ.

މެލޭރިއާއަށް ދޭ އެ ބޭސް އިންޑިއާ އިން އެކްސްޕޯޓް ކުރުން ވަނީ މަނާ ކޮށްފަ އެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ އެމެރިކާ އަކީ ވެންޓިލޭޓަރުތަކުގެ ރަސްގެފާނު ކަމަށް ވިދާޅުވެ، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން 8000 ވެންޓިލޭޓަރު ބޭރުގެ ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

Leave a comment

Your email address will not be published.