Thu, 28 May, 2020, 4:35 pm
ދުނިޔެއިން އެންމެ ހޯދަން ބޭނުންވެފައިވާ އެއް ކުށްވެރިޔާ ފްރާންސުން ހައްޔަރުކޮށްފި
17

ޕެރިސް (ރޮއިޓާސް) – ރުވާންޑާގައި ހިންގި ގަތުލްއާންމުގެ ތުހުމަތުގައި ހޯދަމުން އަންނަ އެގައުމުން އެންމެ ހޯދަން ބޭނުންވެފައިވާ ކުށްވެރިޔާ ފެލިސިއަން ކަބުގާ ފްރާންސް އިން ހައްޔަރުކޮށްފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ކަބުގާ، 84 އަކީ 1994 ވަނަ އަހަރުގައި ރުވާންޑާގެ އެންމެ ބޮޑު ދެ އާބާދީ ކަމަށްވާ ހުޓޫ އަދި ޓުޓްސިސް ދަރިކޮޅުގެ އަށް ލައްކައަށްވުރެ ގިނަ މީހުން މަރާލި ހަނގުރާމަވެރިންނަށް ފަންޑުކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ އެވެ.

އެކަމާ ގުޅިގެން އޭނާ ވެފައިވަނީ ރުވާންޑާ އިން އެންމެ ހޯދަން ބޭނުންވެފައިވާ ކުށްވެރިޔާ އަށެވެ. އެމެރިކާ އިން ވެސް ވަނީ އޭނާގެ ބޮލަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅާފައިވެ އެވެ.

ފްރާންސްގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެހެން މީހެއްގެ ނަމުގައި އުޅެމުންދިޔަ ކަބުގާ ހައްޔަރުކޮށްފައިވަނީ ފްރާންސްގެ މެދު އުތުރުގައި އޮންނަ ކުޑަ މުޖުތަމައުއެއް ކަމަށްވާ އަންޔާހް ސޫހް ސެންގައި ހުންނަ ފުލެޓަކުން ކަމަށެވެ.

އޭނާ އަތުލައިގެންފައި މިވަނީ ބައިނަލްއަގްވާމީ ޝަރީއަތަށް ފިލައިގެން އުޅޭތާ 25 އަހަރު ފަހުން ނެވެ. ފްރާންސްގެ ގާނޫނުގައި ބުނާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ދެން އޭނާ ބަދަލުކުރާނީ ނެދަލެންޑްސްގެ ދަ ހޭގް ގައި ހުންނަ އިންޓަނޭޝަނަލް ކޯޓުގެ ބެލުމުގެ ދަށަށެވެ. އޭނާގެ މައްޗަށް އދ. ގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރިބިއުނަލުން ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލައިފަ އެވެ.

Leave a comment

Your email address will not be published.