Thu, 28 May, 2020, 4:13 pm
ޗައިނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޫ ވެއި ---
ޗައިނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިޔާވެފައި އޮއްވާ ފެނިއްޖެ
7

ޗައިނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޫ ވެއި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، ސަފީރު 57، ނިޔާވެފައި އޮއްވާ ފެނުނީ ޓެލް އަވީވުގެ އުތުރުގައި ހުންނަ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލިބެލުމުން އެކަމުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ނަން ހާމަނުކޮށް މައުލޫމާތު ދިން ސިއްހީ އޮފިޝަލަކާ ހަވާލާދީ އިޒްރޭލުގެ ޗެނެލް 12 ޓީވީން ބުނީ، ސަފީރު ނިޔާވީ ގުދުރަތީ މަރަކުން ކަމަށާއި އަދި ނިޔާވެފައިވަނީ ނިދިކުރައްވާފައި އޮންނަވަނިކޮށް ކަމަށެވެ.

ކުރިން ޔޫކްރެއިންގެ ސަފީރުކަމުގައި ހުންނެވީ ޑޫ ވެއި އިޒްރޭލުގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

Leave a comment

Your email address will not be published.